ކ. މާލެ
|
16 ސެޕްޓެންބަރ 2023 | ހޮނިހިރު 07:31
ޖޯޑަން ސަންޗޯ، ޔުނައިޓެޑްގެ ޖާޒީގައި: އޭނާ ހުރީ އެކަހެރިކޮށްފައި
ޖޯޑަން ސަންޗޯ، ޔުނައިޓެޑްގެ ޖާޒީގައި: އޭނާ ހުރީ އެކަހެރިކޮށްފައި
ގެޓީ އިމޭޖަސް
ފުޓްބޯޅަ
ސަންޗޯ ލައްވައި ނުކުޅުވާނެކަމުގެ އިޝާރާތެއް ދިނީ ކޯޗު
ކޯޗު ބުނީ ޓީމުން ސަންޗޯ އެކަހެރިކުރީ ޕްރެކްޓިހުގައި ފެންވަރު ނުދައްކާތީ ކަމަށް

ޖޯޑަން ސަންޗޯ ލައްވައި ދެން މެންޗެސްޓާ ޔުނައިޓެޑަށް ނުކުޅުވާނެ ކަމުގެ އިޝާރާތެއް ކޯޗު އެރިކް ޓެންހަގް ދީފިއެވެ.

އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ބްރައިޓަންއާ ދެކޮޅަށް ނުކުތުމުގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ބުނީ، ފުރަތަމަ ޓީމާ ވަކިން ފަރިތަކުރަން ސަންޗޯ އެކަހެރިކުރީ ޕްރެކްޓިހުގައި ފެންވަރު ނުދައްކާތީ ކަމަށެވެ. އަދި އަލުން އޭނާގެ ފެންވަރު ސާބިތުކޮށްދިން ނަމަވެސް އޭނާގެ ބޭނުން ހިފާނެކަން ޔަގީންނޫން ކަމަށެވެ.

އަހަރެންނަކަށް ނޭނގެ ތިކަމަށް ބުނާނެ އެއްޗެއް. މި ޓީމަށްޓަކާ ކިތަންމެ ބޮޑު ނިންމުމެއް ނިންމަން ވެސް އަހަރެން ޖެހިލުމެއްނުވާނެ. އަހަރެން ވިޔަސް، އެއްވެސް މީހަކު ޓީމަށްވުރެ ބޮޑެއްނުވާނެ.
ކޯޗު ބުންޏެވެ.

އަންނަ ޖެނުއަރީމަހު ސަންޗޯ ޔުނައިޓެޑް ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ. އޭނާވެސް ވަނީ އަލުން ޖަރުމަނު ލީގަށް ނުވަތަ ބޮރޫޝިޔާ ޑޯޓްމުންޑަށް ދާން ބޭނުންވާކަމުގެ އިޝާރާތެއް ދީފައެވެ. ބޮޑު އަގުގައި ސަންޗޯ ގަނެގެން ޔުނައިޓެޑް މިހާތަނަށް އޭނާގެ ފުށުން މޮޅު ކުޅުމެއް ފެނިފައެއްނުވެއެވެ.

ޓެންހަގް ބުނީ ޔުނައިޓެޑްގެ އަމާޒަކީ އަބަދުވެސް ކުރިއަށްދިއުން ކަމަށާއި، އެކަމާ ނޫޅެ ކޫސަނި މައްސަލަތަކުގެ ތެރޭގައި އުޅޭ މީހުންނަށް އޭނާގެ ޓީމުން ފުރުސަތު ނުލިބޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް