ކ. މާލެ
|
31 އޯގަސްޓް 2024 | ހޮނިހިރު 10:34
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޖޭޑަން ސަންޗޯ
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޖޭޑަން ސަންޗޯ
ގޯލް.ކޮމް
ޗެލްސީ
ސަންޗޯ ޗެލްސީ އަށް ބަދަލު ވަނީ
ސަންޗޯ ހޯދުމަށް ޗެލްސީން ހުށަހަޅި ހުށަހެޅުމަށް ޔުނައިޓެޑުން އެއްބަސްވެފައިވާއިރު، ސަންޗޯ ވެސް ހުރީ ޗެލްސީ އަށް ބަދަލުވާން އެއްބަސްވެގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޖޭޑަން ސަންޗޯ، ޗެލްސީ އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ޗެލްސީ އަށް ބަދަލުވީ ލޯނު އެއްްބަސްވުމެއްގެ ދަށުންނެވެ. އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ޗެލްސީން ބޭނުންވެއްޖެ ނަމަ ދާއިމީ ގޮތެއްގައި ވެސް އޭނާ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. ސަންޗޯ ހޯދުމަށް ޗެލްސީން ހުށަހަޅި ހުށަހެޅުމަށް ޔުނައިޓެޑުން އެއްބަސްވެފައިވާއިރު، ސަންޗޯ ވެސް ހުރީ ޗެލްސީ އަށް ބަދަލުވާން އެއްބަސްވެގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު ދޫކޮށްލުމަށްފަހު، ސަންޗޯ ޔުނައިޓެޑަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ނަމަވެސް، މިދިޔަ އަހަރު އޭނާ އާއި ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގާ ދެމެދު މައްސަލަ ޖެހި ގުޅުން ވަނީ ގޯސްވެފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ޑޯޓްމަންޑަށް ވެސް ކުޅެފަ އެވެ. ޔުނައިޓެޑާ އެކު ސަންޗޯ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މީގެ ކުރިން މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ސަންޗޯ ބަހައްޓަން ޔުނައިޓެޑުން ބޭނުމެއް ނުވެ އެވެ. އެހެންވެ އެ ކުލަބުން އަންނަނީ އޭނާ ވިއްކާލުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ސަންޗޯ ވަނީ ޔުނައިޓެޑަށް ކުޅެދިން 83 މެޗުގައި 12 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ކަރަބޯ ކަޕެއް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް