ކ. މާލެ
|
5 ޖެނުއަރީ 2024 | ހުކުރު 09:10
ޖައްވުގައި ހައްދާފައިވާ ތަރުކާރީ
ޖައްވުގައި ހައްދާފައިވާ ތަރުކާރީ
ރޮއިޓާރސް
ޖައްވީ ތަރުކާރީ
'ޖައްވީ ތަރުކާރީ': ސުފުރާ މައްޗަށް އައު މުއްސަނދިކަމެއް!
 
ސުފުރާގައި ހިމެނުނު ބައެއް ބާވަތްތަކުގެ ތެރޭގައި ބަތް، ނޫޑްލްސް، ޑަމްޕްލިންގް އަދި ރައިސް ކޭކު ފަދަ ޗައިނާގެ ޚާއްޞަ ރަހަތައް ހިމެނޭ

މީލާދީ ސަނަތުން އައު އަހަރެއްގެ ފެށުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށް އުޅެނީ އެކި ގޮތަށެވެ. ބައެއް އާދަތަކަކީ އެތައް ޒަމާނެއް ކުރީއްސުރެ ފެށި، އެތައް ޖީލަކުން ވާރުތަވަމުން އައި އާދަތަކެކެވެ. އަނެއް ބަޔަކު އައު އަހަރުގެ ފެށުން ފާހަގަ ކުރަނީ އެހެން މީހުންނާ ތަފާތު، އައު ގޮތަކަށެވެ. ޗައިނާގެ ޖައްވީ އުޅަނދު، ޝެންޗޯވް-17ގެ ފަޅުވެރިންވެސް އައު އަހަރެއްގެ ފެށުން ފާހަގަ ކުރީ ހަމަ އެ ކަހަލަ ގޮތަކަށެވެ.

ޝެންޗޯވް-17ގެ ޖައްވީ ފަޅުވެރިން، 2024 ވަނަ އަހަރުގެ ފުރަތަމަ ދުވަސް ހޭދަ ކުރީ ހިތްގައިމު ކޭންތަކަކަށް އިންސާފު ކުރުމުގައެވެ. މީރު ކޭންތަކަކީ ޖައްވުގައި ހޭދަ ކުރާ ވަގުތުތަކުގައި ލިބުން ވަރަށް ނާދިރު އެއްޗެކެވެ. ޝެންޗޯވް-17ގެ ޖައްވީ ފަޅުވެރިންގެ ކޭމަކީ އާދަޔާ ޚިލާފު ކޭމެކެވެ. އެ ކޭން ތައްޔާރު ކޮށްފައި ވަނީ ޖައްވުގައި ހައްދާފައި ވާ ތަރުކާރީގެ ބާވަތްތައް ބޭނުންކޮށްގެންނެވެ.

ފަޅުވެރިންނާއެކު ޝެންޗޯވް-17، ޖައްވުގެ ތެރެއަށް ދަތުރު ފެށީ މިދިޔަ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހުއެވެ. ޗައިން ޖައްވުގައި އޮޕަރޭޓް ކުރާ އިދާރާ ނުވަތަ ޓިއާންގޮންގް ޖައްވީ މަރުކަޒަށް، 3 ފަޅުވެރިންނާއެކު ޝެންޗޯވް-17 އުދުއްސާލީ 6 ދުވަހުގެ މިޝަންއެއްގައެވެ. މިޝަންގައި ބައިވެރި ވަނީ ޓޭންގެ ހޮންގްބޯ، ޓޭންގް ޝެންގްޗީ އަދި ޖިއާންގް ޒިންލިންއެވެ.

މިޝަންގައި ހޯމަ ދުވަހު ކުރަން ތާވަލުގައި އޮތް ކަންކަން ކޮށް ނިންމާލުމަށްފަހު ޗައިނާގެ ޖައްވީ ފަޅުވެރިން ވަނީ އެމީހުންގެ ކެމެރާތައް ޖައްސާ، އައު އަހަރުގެ ފުރަތަމަ ދުވަސް، ޖައްވުގައި ހޭދަ ކުރި ގޮތުގެ މަންޒަރުތައް ރެކޯޑް ކޮށްފައެވެ.

ޓޭންގް ޝެންގްޗީ އަވަދިނެތި އުޅުނީ އޭނާގެ ޗެރީ-ޓޮމާޓޯ ގަސްތައް ބެލެހެއްޓުމުގައެވެ. ޗެރީ-ޓޯމާޓޯތައް ހުރީ ކެވޭ ވަރަށް ހެދިބޮޑުވެފައި ކަމުން، ދުވަހުގެ ސުފުރާ މައްޗަށް އޭނާ އެއިން ބައެއް ނެގިއެވެ.

އަހަރެން މި ޗެރީ-ޓޮމާޓޯ ގަސްތައް މާޖޯޑު ކުރަނީ މި. ޖައްވުގަ ކުޅަނދު ނުއުޅޭތީ، އަހަރެން އަދާ މި ކުރަނީ ކުޅަނދުރެއްގެ ޒިންމާ. ނިކަން ބަލާބަލަ، މީ އަހަރެމެން ޖައްވުގަ އިންދާ ހައްދާ ތަރުކާރީތައް. ޖައްވީ މިޝަންގެ މަސައްކަތްތައްވެސް ކުރަމުން، އަހަރެމެން މި ދަނީ އަހަރެމެންގެ ތަރުކާރީ ދަނޑުވެސް ހައްދާ ބަލަހައްޓަމުން. ފުދޭ ވަރަކަށް ރަނގަޅަށް އެބަ ހެދޭ. އެހެންނު؟ މީ އާ އަހަރުގެ ފުރަތަމަ ދުވަސް. އެހެންވެ، ޖިއާންގް ހުރީ އަހަރެމެންނަށް ވަރަށް ހިތްގައިމު ކޭމެއް ތައްޔާރު ކޮށްގެން. އެކަމަކު، އަހަންނަށް ހީވާ ގޮތުގަ، އަހަރެމެން މިއަދު ވާނެ ކަންނޭނގެ ވީހާވެސް ތާޒާ ތަރުކާރީ ކޮޅެއް ކެވޭތޯ ބަލައިލަން. އޭރުން މި ކޭން އިތުރަށް މުއްސަނދިވާނެ.
ޓޭންގް ޝެންގްޗީ؛ ޝެންޗޯވް-17ގެ ކުރޫ މެންބަރެއް

ޖިއާންގްގެ މަސައްކަތަކަށް ވީ ޖައްވީ ފަޅުވެރިންގެ ކޭން ތައްޔާރު ކުރުމެވެ. ސުފުރާގައި ހިމެނުނު ބައެއް ބާވަތްތަކުގެ ތެރޭގައި ބަތް، ނޫޑްލްސް، ޑަމްޕްލިންގް އަދި ރައިސް ކޭކު ފަދަ ޗައިނާގެ ޚާއްޞަ ރަހަތައް ހިމެނެއެވެ. އެނޫންވެސް އިތުރު އެތައް ޑިޝްއެއް ސުފުރާ މަތީގައި ހުއްޓެވެ.

އަހަރެމެންގެ ޓީމުން ބިމުގަ ތިބި މެންބަރުންނަކީވެސް އަހަރެމެންނާ މެދު ވަރަށް ވިސްނާ ބައެއް. އަހަރެމެން ކޮންމެ މީހަކަށްވެސް ޚާއްޞަކޮށްގެން، އެމީހަކަށް މީރު ކޭންތައް ތައްޔާރު ކޮށްދީފަ ހުންނަނީ. ޕްލާސްޓިކަށް ލައި، ރަނގަޅަށް ކާބޯތަކެތި ބަންދުކޮށްދީފަ މިހުންނަނީ. އެހެންވެ، ކައްކަން ދާ ވަގުތު އެކަންޏެއް ނުން ސަލާމަތް ވަނީ. އަނގަޔަށް މީރު، ތާޒާ ކޭންތައް ކާލެވޭ އެހެންވީމަ.
ޓޭންގް ޝެންގްޗީ؛ ޝެންޗޯވް-17ގެ ކުރޫ މެންބަރެއް

މި ފެށުނު މީލާދީ އައު އަހަރު، ޝެންޗޯވް-17ގެ ކުރޫއިންގެ ރަސްމީ މަސައްކަތަކަށް ވާނީ ދިރާސާތައް ކުރިއަށް ގެންގޮސް، ޗާޓަށް ތިރި ނުކުރެވި ޖައްވު ތެރޭގައި އޮތް މާ ސިންގާ ސަރަޙައްދުގެ އެކި ހިސާބުތައް ބަލައި ހޯދުމެވެ.

2024 ވަނަ އަހަރަކީ އެޕްލިކޭޝަން އަދި ޑިވަލޮޕްމަންޓް މަރުޙަލާއަށް ޗައިނާގެ ޖައްވީ ސްޓޭޝަން ވަދެގެންދާ 2 ވަނަ އަހަރު. މިދިޔަ އަހަރަށް ބަލާއިރު، ޖައްވު ތެރޭގައި އަހަރެމެން ހޭދަ ކުރީ ވަރަށް ސިންދަފާތު ދުވަސްތަކެއް. ކުލަގަދަ ދުވަސްތަކެއް. ސައެންސްގެ ދިރާސާތަކުން މުއްސަނދި ނަތީޖާތަކެއް ނެރެވުނު. ކުރިއަށް މި އޮތް އަހަރަށް ބަލާއިރު، ދުނިޔޭގެ އޯބިޓުގަ ކުރަންޖެހޭ ތަޖުރިބާތައް ކުރަމުން ދާނީ. އިންސާނުންނަށް ޖައްވުގެ ބޭނުން، އެންމެ ފުރިހަމައަށް ހިފޭނެ ގޮތްތައް ހޯދުމަށް އަހަރެމެންވެސް މަސައްކަތްތަކެއް ކުރަމުން ދާނީ.
ޓޭންގް ހޮންގްބޯ؛ ޝެންޗޯވް-17ގެ މިޝަން ކޮމާންޑަރ

ޓިއާންގޮންގް ނުވަތަ 'އުޑުގެ ގަނޑުވަރު' ގައި ޗައިނާގެ ކުރޫއިން އަބަދުވެސް ގާއިމުވެ ތިބެއެވެ. ޓިއާންގޮންގް ތަރައްޤީކޮށް އަދާ ހަމަ ކުރުމަށް ޗައިނާއިން އެންމެ ގަދައަށް މަސައްކަތް ކުރީ ދުނިޔެއިން ބޭރު ފަޒާގެ ސަރަޙައްދުތައް ކޮންޓްރޯލް ކުރުމަށް، ޗައިނާގެ އެންމެ ބޮޑު ބައިނަލްއަޤުވާމީ ޢަދުއްވު ނުވަތަ އެމެރިކާއިން މަސައްކަތްތައް މެކުހަށް ޖަހާލި ދުވަސްވަރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް