ކ. މާލެ
|
3 ޖެނުއަރީ 2024 | ބުދަ 15:19
މާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު، އާދަމް އާޒިމް
މާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު، އާދަމް އާޒިމް
ރާއްޖެއެމްވީ
ފުށިދިއްގަރު މަޝްރޫއު
ސަރުކާރުން ފުށިދިއްގަރު މަޝްރޫއުގެ ނަމުގައި ކުރަން އެ އުޅެނީ ބޮޑު އިސްރާފެއް: އާޒިމް
 
އާޒިމް ވިދާޅުވީ ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާކަން ވަރަށް ބޮޑަށް ހާމަވަމުންދާކަމަށް
 
އޭނާގެ މޭޔަރުކަމުގައި ކަނޑު ހުރަސްކޮށް ދޯންޏެއްގައި ފުށިދިއްގަރަށް ދާކަށް ނުޖެހޭނެކަމަށް ވިދާޅުވި

މި ސަރުކާރުން ފުށިދިއްގަރު މަޝްރޫއުގެ ނަމުގައި ކުރަން އެ އުޅެނީ ބޮޑު އިސްރާފެއްކަމަށް، މާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ، މާލޭގެ ރައްޔިތުންނާއި ދަފްތަރުގެ ރައްޔިތުންގެ އިތުރުން، މާލޭގެ ރައްޔިތުންގެ ތެރެއިން ކުދިކުދި ފްލެޓްތައް ލިބިފައިވާ މީހުން އެތަން ދޫކޮށްލައިގެން ބިންވެރިންނަށް ވުމުގެ ސްކީމްތަކެއް ނިމިދިޔަ ސަރުކާރުން ތައާރަފްކޮށްފައި ވާކަމަށެވެ.

އެއީ ގެދޮރުގެ މައްސަލައަށް ހައްލެއް ގެނައުމަށް އެމްޑީޕީގެ ސަރުކާރުން ތައާރަފްކުރި ސްކީމެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ،  އެ މަޝްރޫއު މިހާރު ހުއްޓާލާފައި ވާކަމަށެވެ. ނަމަވެސް އެކަމާ ދެކޮޅަށް ވަކާލަތު ކުރައްވަމުން ގެންދަވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާކަން ވަރަށް ބޮޑަށް ހާމަވަމުންދާކަމަށެވެ.

ސަރުކާރުގެ ބަހާ އަމަލު ދިމާނުވާ މަންޒަރު އަބަދުމެ މި ފެންނަނީ.
މާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު، އާދަމް އާޒިމް

އާޒިމް ވަނީ މި މައްސަލަތަކާ ގުޅިގެން ވަކާލާތު ކުރެއްވުމަށް ކުރިއަށް އޮތް މޭޔަރު އިންތިޚާބުގައި ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

އެއީ ކެމްޕޭނުގެ އެންމެ ބޮޑު އެއް ވައުދުފުޅު ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އޭނާގެ މޭޔަރުކަމުގައި ކަނޑު ހުރަސްކޮށް ދޯންޏެއްގައި ފުށިދިއްގަރަށް ދާން ނުޖެހޭނެކަމަށެވެ. ހުރިހާވެސް މަސައްކަތެއް ކުރާނީ، ބްރިޖަކުން ގުޅައިގެން ދެވޭގޮތަށް، ހިއްކަމުންދާ ތަންތަނަށް ރައްޔިތުންނަށް ދެވޭނެ ގޮތެއް ހޯދުމަށްކަމަށް އާޒިމް ވިދާޅުވިއެވެ.

މި ސަރުކާރުން ފުށިދިއްގަރު މަޝްރޫއުގެ ނަމުގައި އިސްރާފު ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައިވެސް ފުށިދިއްގަރުފަޅު ތަރައްގީކޮށް އާބާދު ކުރެވޭނެކަމަށް ގަބޫލުނުކުރެއްވޭކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ މި ސަރުކާރުން އެކި ކަންކަމުގައި ހަދަމުންދާ ދޮގުތައް ގަބޫލުނުކުރުމަށް އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް