ކ. މާލެ
|
2 ޖެނުއަރީ 2024 | އަންގާރަ 15:14
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އަނގޮޓި ހޯދަނީ
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އަނގޮޓި ހޯދަނީ
ގޫގުލް
ޔާގެން ކްލޮޕް
ކްލޮޕްގެ ކައިވެނީގެ އަނގޮޓި ލިވަޕޫލް ދަނޑަށް ގެއްލިއްޖެ!
އަނގޮޓި ހޯދައިދިނީ ކެމެރާމަނެއް

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ ކައިވެނީގެ އަނގޮޓި، އޭނާގެ ޓީމުގެ ދަނޑަށް ގެއްލިއްޖެ އެވެ.

ރޭ ނިއުކާސަލް އަތުން ލިވަޕޫލް 4-2އިން މޮޅުވި މެޗަށް ފަހު މި އަގޮނޓި ގެއްލުނީ އުފާފާޅު ކުރުމުގެ ތެރޭގަ އެވެ. އެއަށްފަހު ފެނުނީ ކަލޮޕް ދަނޑުމަތި ހޯދަނިކޮށެވެ. މި އަނގޮޓި އޭނާ އަށް ހޯދައިދިނީ ދަނޑުގައި ހުރި ކެމެރާމަނެކެވެ.

2015 ވަނަ އަހަރުން ފެށިގެން ލިވަޕޫލަށް ކޯޗުކޮށްދެމުން އަންނަ ކްލޮޕް ބުނީ މި އަނގޮޓިއާ ނުލައި އޭނާ އަށް ނޫޅެވޭނެ ކަމަށެވެ.

"އަހަރެންނަކީ އެހާ ގަހަނާ ގެންގުޅޭ ހިތްވާ މީހެއްނޫން. އެކަމަކު މިއީ އަހަރެންނަށް އެއާ ނުލައި ނޫޅެވޭނެ އެއްޗެއް. އަހަރެން އަނގޮޓި ހޯދަނިކޮށް، އަހަރެންނަށް އޭތި ހޯދައިދިނީ ކެމެރާމަން. އަހަރެން ބުނިން އޭނާ ގާތުގައި އޭނާ އަކީ އަހަރެންގެ އާ އަހަރުގެ ހީރޯއޭ،"
ކްލޮޕް ބުންޏެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އަނގޮޓި ހޯދަނީ, އަދި އަނގޮޓީ ފެނުމުން ބޮސްދެނީ - ގޫގުލް

ސަމާސާ ކުރަމުން ކްލޮޕް ބުނީ އޭނާގެ ވާތު ކަށިއިނގިލީގައި އަޅާފައިވާ އަނގޮޓި، ވާރޭގެ ތެރޭގައި ދަނޑު މައްޗަށް ވެއްޓުނީ މާބޮޑަށް މިހާރު އޭނާ ހިކެމުންދާތީ، މާބޮޑަށް ދޫވެގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ދަނޑުގައި ކޮންމެވެސް ވަރަކަށް ފެން ހެދިފައި އޮތަސް އަނގޮޓި ހޯދަން ޑައިވަރަކު ހޯދަން ނުޖެހުނު ކަމަށެވެ.

ކްލޮޕް ވަނީ މިހާތަނަށް ދެ ކައިވެންޏެއް ކޮށްފަ އެވެ. އޭނާ މިހާރު ކައިވެނިކޮށްގެން އުޅެނީ އިޖްތިމާއީ ހިދުމަތާއި ފޮތް ލިޔުންތެރިއެއް ކަމަށްވާ އުލާ ސޭންޑްރޮކާ އެވެ. މި ދެ މީހުން ކައިވެނިކުރީ 2005ގަ އެވެ.

ކްލޮޕް އައު އަހަރު މުހިންމު މޮޅަކުން ފެށިއިރު އޭނާގެ ޓީމު އޮތީ އިނގިރޭސި ޕްރެމިއާ ލީގުގެ އެންމެ ކުރީގަ އެވެ.

- ކޮމެންޓް