ކ. މާލެ
|
31 ޑިސެންބަރ 2023 | އާދީއްތަ 07:39
ފަލަސްތީނުގައި ހަމަލާ ދީފައިވާ ސަރަހައްދެއް
ފަލަސްތީނުގައި ހަމަލާ ދީފައިވާ ސަރަހައްދެއް
އަލް ޖަޒީރާ
ފަލަސްތީން - އިސްރާއީލް ހަނގުރާމަ
ފާއިތުވި 24 ގަޑިއިރު އެކަނިވެސް ޣައްޒާގައި 165 މީހުން ޝަހީދުކޮށްލައިފި
 
56165 މީހުންނަށް ވުރެ ގިނަ މީހުން ވަނީ ޒަޙަމްވެފައި
 
މިހާތަނަށް ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު 21672 އަށް ވަނީ އަރާފައި

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު އެކަނި ވެސް ޣައްޒާގައި 165 މީހުން ޝަހީދުކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުގެ ސިފައިން ވަނީ އަލްޒަވައިދާ އަށް ވެސް ބޮމުގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި ޣައްޒާގެ މެދުތެރެއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް އެ ޤައުމުން ދަނީ ވަރުގަދަކުރަމުންނެވެ. އިސްރާއީލުން ވަނީ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އަދި އެތައް މަސްތަކަކަށް މިހާރު ކުރިއަށްދާ ފަލަސްތީން - އިސްރާއީލް ހަނގުރާމަ ދިގުދެމިގެން ހިނގައިދާނެކަމަށް ވަނީ ބުނެފައެވެ.

މިހާތަނަށް ހަމަލާތަކުގައި ނިޔާވި ފަލަސްތީން މީހުންގެ އަދަދު 21672 އަށް ވަނީ އަރާފައެވެ. އަދި 56165 މީހުންނަށް ވުރެ ގިނަ މީހުން ވަނީ ޒަޙަމްވެފައެވެ. ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގައި އަސާސީ ޚިދުމަތްތަކާއި ޒަރޫރީ ކާނާ އާއި ބޯފެން ނުލިބި އެތައް ބަޔަކު ދަނީ ހާލުގައި ޖެހެމުންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ހަމަލާތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާއަތްތަކުން އަޑު އުފުލަމުން ނަމަަވެސް، މި ހަމަލާތަކަށް މިހާތަނަށް ނިމުމެއް ނާދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި
ގާޒާގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް ފެނާއި ކާނާ ލިބުން ހުއްޓިއްޖެ
އިޒްރޭލުގެ ހަމަލާތައް ނުރައްކާވެ ރަފާ ސިޓީ ދޫކޮށް ފަލަސްތީންގެ އެތައް ސަތޭކާ ހާސް މީހުން ހިޖްރަކުރަނީ