ކ. މާލެ
|
30 ޑިސެންބަރ 2023 | ހޮނިހިރު 22:32
އަލްވަރޭޒް، ސިޓީގެ ދެވަނަ ލަނޑު ޖެހުމަށްފަހު
އަލްވަރޭޒް، ސިޓީގެ ދެވަނަ ލަނޑު ޖެހުމަށްފަހު
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
މެންޗެސްޓަރ ސިޓީ މޮޅުވެ، ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި
ޝެފީލްޑް ޔުނައިޓެޑް އަތުން ސިޓީ މޮޅުވީ 2-0ން

އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ މޮޅުވެ, އެއްވަނާގައި އޮތް ލިވަޕޫލާ ދެ ޕޮއިންޓަށް ކައިރިކޮށްފިއެވެ.

މެޗު ހަމަކޮށް، ސިޓީން ލިވަޕޫލާ ކައިރިކުރީ 2-0ން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްގެންނެވެ. އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 14 ވަނަ މިނިޓުގައި ސިޓީއަށް ލީޑް ނަގައިދިނީ ރޮޑްރީއެވެ. ދެވަނަ ލަނޑު ދެވަނަ ހާފްގައި ޖެހީ އާޖެންޓީނާގެ ފޯވާޑް އަލްވަރޭޒްއެވެ. ތާވަލްގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ނިކުތް ސިޓީގެ ސްކޮޑްގައި މިޑްފީލްޑަރ ކެވިން ޑި ބުރޭއާ ހިމެނިއެވެ. އަނިޔާއަށްފަހު އެނބުރި އައިނަމަވެސް މެޗުގައި އޭނާ ބޭނުމެއް ނުކުރެއެވެ. ސިޓީގެ ނުފޫޒު ގަދަ މިޑްފީލްޑަރ އެނބުރި މި އައީ ހަތަރު މަހަށް ފަހުއެވެ.

މޮޅާއެކު ސިޓީ މިހާރު އޮތީ ތާވަލުގެ ތިންވަނާގައެވެ. އެއީ ހަތަރުވަނާގައި އޮތް އާސެނަލްއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ފައިދާ ގޯލުގެ ތަފާތުންނެވެ. އެއްވަނާގައި އޮތް ލިވަޕޫލާއި, ދެވަނާގައި އޮތް އެސްޓަން ވިލާވެސް ޕޮއިންޓުގެ ގޮތުން ހަމަހަމައެވެ. އެ ދެ ޓީމްވެސް އޮތީ 42 ޕޮއިންޓާއެކުގައެވެ. އެސްޓަން ވިލާ ވަނީ 3-2ން ބާންލީ ބަލިކޮށްފައެވެ.

- ކޮމެންޓް