ކ. މާލެ
|
27 ޑިސެންބަރ 2023 | ބުދަ 18:33
އައްޑޫ ފައިވާން ފެކްޓްރީއެއްގައި ރޯވުން
އައްޑޫ ފައިވާން ފެކްޓްރީއެއްގައި ރޯވުން
އެމްއެންޑީއެފް
ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގުން
އައްޑޫ ފައިވާން ފެކްޓްރީއެއްގައި ރޯވެއްޖެ
އަލިފާން ރޯވުމުގެ ސަބަބުން އެތަން ބޭނުންނުކުރެވޭ ވަރަށް ވަނީ ގެއްލުންވެފައި

އައްޑޫ ސިޓީ ހިތަދޫގައި ފައިވާން ފެކްޓްރީއެއްގެ ގޮތުގައި ބޭނުންކުރި ތަނެއްގައި އަލިފާންރޯވެއްޖެއެވެ.

އެކަމުގެ މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ ބުދަ ދުވަހުގެ މެންދުރު 14:49 ހާއިރު، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުނު އަލިފާނުގެ މައުލޫމާތާއެކު، ފަޔަރމަނުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހު 15:35 ހާއިރު ކަމަށެވެ.

އެ ހާދިސާގައި ސަބަބުން އެތަން ބޭނުންނުކުރެވޭ ވަރަށް ވަނީ ގެއްލުން ވެފައެވެ. އަލިފާން ރޯވި ގުދަނުގެ ވަށައިގެން ހުރި ގެތަކުގެ ފާރުތަކަށް ވެސް އަލިފާނުގެ ހޫނުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ގެއްލުންތައް ވަނީ ލިބިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ހިތަދޫގެ ފަޔަރ އެންޑް ރެސްކިއުއިން އެ އަލިފާންގަނޑު ނިއްވާލާފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކްއާޓަރޒްގެ ސިފައިންގެ އެހީތެރިކަމާއެކުއެވެ.

- ކޮމެންޓް