ފަހަތުން އަރާ އެސްޓަން ވިލާ ބަލިކޮށްގެން, އިނގިރޭސި ޕްރިމިއަރ ލީގުގެ ހަވަނަ އަށް މެންޗެސްޓަރ ޔުނައިޓެޑް ޖެހިލައިފި އެވެ.
މިސީޒަންގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެމުން އައި އެސްޓަން ވިލާގެ މައްޗަށް ފޯމް ދަށްކޮށް އޮތް ޔުނައިޓެޑުން ކުރިހޯދީ ފަހަތުން އަރާ ތިން ލަނޑު ޖަހައިގެންނެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ފުރަތަމަ ދެ ލަނޑު ޖަހާ ކުރިހޯދީ އެސްޓަން ވިލާ އިންނެވެ. އެސްޓަން ވިލާއިން ދެ ލަނޑުގެ ލީޑެއް ނެގީ ޖޯން މެކެން އާއި, ޑެންޑޮންކާގެ ލަނޑުންނެވެ. ދެވަނަ ހާފްގައި ޔުނައިޓެޑަށް ދެ ލަނޑު ޖަހައިދިނީ ނަތީޖާ ހަަމަހަމަ ކޮށްދިނީ ގާނާޗޯ އެވެ. އުނދަގޫ ފައްތަރެއްގައި އޮތް ޔުނައިޓެޑަށް މުހިއްމު މޮޅު ހޯދައިދިނީ 82 ވަނަ މިނިޓްގައި ރަސްމުސް ހޮއިލަންޑް ލަނޑު ޖަހައިގެންނެވެ. މިއީ އޭނާ ޕްރިމިއަރ ލީގުގައި ޔުނައިޓެޑަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
މިމޮޅާއެކު ޔުނައިޓެޑް ހަވަނަ އަށް ޖެހިލީ 19 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ, އެސްޓަން ވިލާ އޮތީ މެޗަށް ނިކުއިންއިރު ވެސް އޮތް ތިންވަނަ މަގާމްގައެވެ. އެއީ 39 ޕޮއިންޓާ އެކުއެވެ. މެޗުން މޮޅުވެގެން އެއްވަނައިގައި އޮތް ލިވަޕޫލާ ޕޮއިންޓްގެ ގޮތުން އެއް ހަމައެއްގައި އޮތުމުގެ ފުރުޞަތު އެސްޓަން ވިލާ އަށް އޮތެވެ.