ކ. މާލެ
|
25 ޑިސެންބަރ 2023 | ހޯމަ 19:51
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރާ އައު ސްކޫލުގެ ބިންގާއެޅުން
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރާ އައު ސްކޫލުގެ ބިންގާއެޅުން
ރައީސް އޮފީސް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ސްކޫލް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އައު ސްކޫލްގެ ބިންގާ އަޅައިފި
ކިތަންމެ އުސްކޮށް ބިނާތަކެއް ކުރިނަމަވެސް، ސިކުނޑިތައް ބިނާނުކުރެވޭނަމަ އޭގެ ފައިދާ ނުފެންނާނެކަމަށް ރައީސް ވިދާޅުވި
އެމަނިކުފާނުގެ ސަރުކާރުގައި ފުރަތަމަ ބިނާކުރާ އިމާރާތަކީ ތަޢުލީމަށް ބިނާކުރެވޭ އިމާރާތަކަށް ހެދުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އައު ސްކޫލްގެ ބިންގާ އަޅައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އެ ސްކޫލްގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކައި ހޯމަ ދުވަހުގެ ހަވީރު ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ހުޅުމާލޭ ދެވަނަ ފިިޔަވަހީގައި ގްރޭޑް 1ން ފެށިގެން ގްރޭޑް 10އަކާ ހަމައަކަށް ކިޔަވައިދިނުމަށް މިހާތަނަށް ބިނާކޮށްފައިވަނީ އެންމެ ސްކޫލެކެވެ. އައު ސްކޫލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ރައީސް ވިދާޅުވީ، ސްކޫލާއެކު ބިންގާއެޅިގެން އެ ދިޔައީ ދަރިންގެ ސިކުނޑިތައް ބިނާކުރުމަށް ސަރުކާރުން ފަށާ މަސައްކަތްތަކުގެ ފެށުން ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ ކިތަންމެ އުސްކޮށް ބިނާތަކެއް ކުރިނަމަވެސް, ސިކުނޑިތައް ބިނާނުކުރެވޭނަމަ އޭގެ ފައިދާ ނުފެންނާނެކަމަށެވެ. އަދި ސިކުނޑިތައް ބިނާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢުކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި ފުރަތަމަ ބިނާކުރާ އިމާރާތަކީ ތަޢުލީމަށް ބިނާކުރެވޭ އިމާރާތަކަށް ހެދުމަށް ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވިއެވެ.

ހުޅުމާލޭ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ސްކޫލުތަކުގެ ތެރެއިން، ފޭސް 2ގައި ބިނާކުރާ މި ސްކޫލަކީ 54 ކްލާސްރޫމާއި ހޯލަކާއި ސްކޫލުތަކުގައި ހިމެނޭ އެހެނިހެން ވަސީލަތްތަކުގެ އިތުރުން ޓާފް ދަނޑެއް އެކުލެވޭގޮތަށް އިމާރާތްކުރެވޭ ސްކޫލެކެވެ. ގާތްގަނޑަކަށް 1700 ދަރިވަރުންގެ ޖާގައިގެ މި ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)އާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް