ކ. މާލެ
|
23 ޑިސެންބަރ 2023 | ހޮނިހިރު 10:42
ޤައުމީ ލީގުގެ ޗެމްޕިއަންކަން ހޯދި ޖާއްޓެ
ޤައުމީ ލީގުގެ ޗެމްޕިއަންކަން ހޯދި ޖާއްޓެ
ޤައުމީ ބޮޑީބޯޑިން ލީގު
ޤައުމީ ބޮޑީބޯޑިން ލީގު ޗެމްޕިއަންކަން ޖާއްޓެއަށް
 
ޤައުމީ ލީގުގެ ޗެމްޕިއަންކަން ޖާއްޓެ ހޯދީ 2610 (ދެ ހާސް ހަ ސަތޭކަ ދިހަ) ޕޮއިންޓުން

ޤައުމީ ބޮޑީބޯޑިން ލީގު ޗެމްޕިއަންކަން ޢަލީ ޖާވިދު (ޖާއްޓެ) ހޯދައިފިއެވެ.

ލީގު ޗެމްޕިއަންކަން ޖާއްޓެ ހޯދީ، ޤައުމީ ބަނޑުފިލާ ޗެލެންޖް ކަޕް ކާމިޔާބުކޮށްގެންނެވެ. ޤައުމީ ލީގުގެ ޗެމްޕިއަންކަން ޖާއްޓެ ހޯދީ 2610 (ދެ ހާސް ހަ ސަތޭކަ ދިހަ) ޕޮއިންޓުންނެވެ. ބަނޑުފިލާ ޗެލެންޖް ކަޕް ޖާއްޓެ ކާމިޔާބުކުރީ، ހުކުރު ދުވަހު ކުރިއަށްދިޔަ މެންސް އޯޕަންގެ ފައިނަލްގައި މުޙައްމަދު އަޒާމް އަޙުމަދާ ވާދަކޮށެވެ. މި ހީޓުގައި ޖާއްޓެ ވަނީ 9.60ގެ ސްކޯއެއް ހޯދާފައެވެ. އަޒާނަށް ލިބުނީ 9.34ގެ ސްކޯއެކެވެ.

ބަނޑުފިލާ ޗެލެންޖުގެ ޑްރޮޕްނީ ބައިގެ އެއްވަނަ ހޯދީ ޢަލީ ޚުޝްރުވާން އަޙުމަދު (ކުޑަ އައްޔަ)އެވެ. ފައިނަލްގައި ކުޑަ އައްޔަ ވާދަކުރީ ޒުވާން ބޮޑީބޯޑަރު އާމިން ޢުމަރު މޫސާއާއެވެ. ފައިނަލް ހީޓުގައި ކުޑަ އައްޔަ ވަނީ 11.00ގެ ސްކޯއެއް ހޯދާފައެވެ. ދެވަނައަށް ދިޔަ އާމިންއަށް ލިބުނީ، 6.16ގެ ސްކޯއެކެވެ.

ޖޫނިއާ މެންސް ބައިގެ ޗެމްޕިއަންކަން ހޯދީ އާމިންއެވެ. މިބައިގެ ފައިނަލް ހީޓުގައި އާމިން ވާދަކުރީ އަޒާނާއެވެ. ފައިނަލް ހީޓުގައި އާމިން ވަނީ 9.63ގެ ސްކޯއެއް ހޯދާފައެވެ. ދެވަނައިގައި، އަޒާނަށް ލިބުނީ 9.33ގެ ސްކޯއެކެވެ. ޤައުމީ ޖޫނިއަރ ޗެމްޕިއަންކަން ހޯދީ ވެސް އާމިންއެވެ. އެއީ ޖުމުލަ 3000 (ތިން ހާސް) ޕޮއިންޓުންނެވެ.

މިއަހަރުގެ ލީގުގެ އެންމެ މޮޅު ޓީމަކަށް ހޮވުނީ މާލެ ސިޓީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް