Advertisement
ކ. މާލެ
|
23 ޑިސެންބަރ 2023 | ހޮނިހިރު 06:02
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އިބްރާހީމް ވަހީދު (އިބުރޭ)
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އިބްރާހީމް ވަހީދު (އިބުރޭ)
ރާއްޖެއެމްވީ
ނޫސްތައް ބްލޮކްކުރުން
އިޒްރޭލްއާ ރައީސް މުއިއްޒުގެ ސަރުކާރުގެ އަމަލުތައް ހުރީ އެއްގޮތަކަށް، ހަޖަމު ނުވާ ކޮންމެ ކަމެއް ނެތިކޮށްލުން: އިބްރާހިމް ވަހީދު
ރައީސް މުއިޒްގެ ސަރުކާރަށް ފާޑުކިޔާ ކޮންމެ ނޫހެއް ބްލޮކް ކޮށް ނެތި ކޮށްލާ

ޒަޔަނިސްޓް އިޒްރޭލްއާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމަލުތައް ހުރީ އެއްގޮތަކަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

Advertisement

ހުކުރު ދުވަހުގެ ރޭ އިބުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިޒްރޭލްއާ އިދިކޮޅަށް ތެދުވާ ފަލަސްތީނުގެ ކޮންމެ މީހަކު ޝަހީދު ކޮށްލާ ކަމަށާއި ރައީސް މުއިޒްގެ ސަރުކާރަށް ފާޑުކިޔާ ކޮންމެ ނޫހެއް ބުލޮކް ކޮށް ނެތި ކޮށްލާ ކަމަށެވެ.  ޒަޔަނިސްޓް އިޒްރޭލާ މުއިޒްގެ ސަރުކާރުގެ އަމަލުތައް ހުރީ އެއްގޮތަކަށް ކަމަށާއި އެއީ ހަޖަމު ނުވާ ކޮންމެ ކަމެއް ނެތިކޮށްލުން ކަމަށް ވެސް ވިދާޅުވިއެވެ.

އިބުރޭ މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި ދެކޮޅަށް ފާޑުކިޔައި ހަބަރާއި ލިޔުންތައް ގެނެސްދެމުން އައި ބައެއް ވެބްސައިޓަކާއި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދިޔަ ނޫހަކަށް ނުވަދެވޭ ގޮތް ހަދައި ބްލޮކު ކުރުމާއި ގުޅިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އެ ޖަމިއްޔާއިން ބުނީ އެއީ ނޫސްވެރިންނާއި ނޫސްތަކަށް ދޭ ބޮޑު ނުރައްކަލުގެ ރަނގަބީލެއް ކަމަށެވެ. ސަރުކާރުން މީގެ ކުރިން ބުނީ ސަރުކާރުން ބްލޮކް ކުރަމުން ދަނީ ޤަވާއިދާއި ޚިލާފަށް ހިންގާ ސައިޓްތައް ކަމަށެވެ. އެމްޖޭއޭ އިން ވަނީ ސަރުކާރުގެ އެ އަމަލާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެހެންނަމަވެސް ރަޖިސްޓްރީ ކޮށްގެން ހިންގާ "ފުރަތަމަ" އަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވާ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. އެހެންކަމުން ރަޖިސްޓްރީކޮށްގެން ޤަވާއިދާއި އެއްގޮތަށް ހިންގާ އެއްވެސް ނޫހެއް ބްލޮކް ނުކުރާނެކަމުގެ ޔަގީންކަން ދިން ނަމަވެސް ސަރުކާރުން އެގޮތަށް އަމަލުނުކުރާކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް