ކ. މާލެ
|
22 ޑިސެންބަރ 2023 | ހުކުރު 09:01
ރެއާލް މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު ލޫކަސް ވަޒުކުއޭޒް
ރެއާލް މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު ލޫކަސް ވަޒުކުއޭޒް
ރޮއިޓާސް
ސްޕެނިޝް ލަލީގާ
އެކަކު މަދުކޮށް، ބޮޑުބައި ކުޅެން ޖެހުނު މެޗުގެ އިތުރު ވަގުތުގައި މޮޅުވެ، ރެއާލް އެއްވަނަ އަށް
 
ރެއާލް އެއްވަނަ އަށް ޖެހިލީ ގޯލްގެ ތަފާތުން ކުރިހޯދައިގެން

މެޗުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ރެއާލް މެޑްރިޑުން, އިތުރު ވަގުތުގައި ޖެހި ހަމައެކަނި ލަނޑުން މޮޅުވެ ލަލީގާ ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ރެއާލް ތާވަލްގެ އެއްވަނަ އަށް ޖެހިލީ އަލްވޭސް 1-0 ން ބަލިކޮށްގެންނެވެ. ދެވަނަ ހާފްގެ ނުވަވަނަ މިނިޓުން ފެށިގެން ރެއާލް އިން ކުޅުނީ ދިހަ ކުޅުންތެރިންނާއެކު އެވެ. އެއީ ޑިފެންޑަރ ނަޗޯ އަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. އެއީ އޮމޮރޯޑިއޯން އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ދެއްކި ރަތްކާޑެކެވެ. ރެއާލް އިން މެޗު ކާމިޔާބުކުރީ މެޗުގެ 90 މިނިޓް ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރޭގައި ކްރޫޒް ނަގައިދިން ކޯނަރު ބޮލުން ފޮނުވާލައިގެން, ލޫކަސް ވަޒުކްއޭޒް ޖެހި ލަނޑުންނެވެ. ޖޫޑް ބެލިންގހަމް މެޗު ފުރިހަމަ ކުރިޔަސް ލީގުގައި 13 ވަނަ ލަނޑު ޖެހުމުގައި ކާމިޔާބެއް ނުވިއެވެ.

މޮޅާއެކު ރެއާލް އިން އަހަރު ނިންމާލާނީ ލީގު ތާވަލްގެ އެއްވަނާގައި އޮވެއެވެ. އެއީ ކުރިން އެއްވަނާގައި އޮތް ޖިރޯނާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ވިނަމަވެސް ގޯލްގެ ތަފާތުން ކުރިހޯދައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް