ކ. މާލެ
|
21 ޑިސެންބަރ 2023 | ބުރާސްފަތި 11:51
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދި މަސްތުވާތަކެތި ކޮތަޅަކަށް އަޅާފައި
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދި މަސްތުވާތަކެތި ކޮތަޅަކަށް އަޅާފައި
މޯލްޑިވްސް ޕޮލިސް ސާރވިސް
ޑްރަގް މައްސަލަތައް
ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި ބިދޭސީ މީހާ ބުނަނީ އެކަން ކުރީ ބަޔަކު އޭނާގެ ބަރަހަނާ މަންޒަރު ނަގައިގެން ބްލެކްމެއިލްކުރާތީކަމަށް
 
އޭނާގެ ފަރާތުން ބުނެފައިވަނީ އޭނާ އެކަން ކުރީ މަޖުބޫރުވެގެން ކަމަށް
 
ތުހުމަތުވާ މީހާއަކީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއެއް

މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންގްލަދޭޝް ރައްޔިތަކު 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގެ ތުހުމަތެވެ.

މި މައްސަލައާ ގުޅިގެން އޭނާ ބަންދު ކުރުމަށް ބޭއްވި އަޑުއެހުމުގައި އޭނާގެ ފަރާތުން ބުނެފައިވަނީ އޭނާ އެކަން ކުރީ މަޖުބޫރުވެގެން ކަމަށެވެ. އެގޮތުން ބަޔަކު އޭނާ ބަރަހަނާކޮށް، ވީޑިއޯ ކުރުމަށްފަހު، ބިރުދައްކައިގެން މަޖުބޫރުކޮށްފައިވާކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 4 ޖެނުއަރީ 2024 ގައެވެ.

އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރި ސަބަބުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވުމާއި، ސީނަށް ދިޔަ ފުލުހުންގެ ބަޔާންވެސް ހުށަހަޅާފައިވުމެވެ.

އަދި ސީނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލަތްތައް ފެނިފައިވެއެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތުގެ ގޮތުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާގެ ދަށުން މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު އޮފިސަރު ވަނީ ތުހުމަތުވާ މީހާއަކީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއެއްކަން ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
21 ޑިސެންބަރ 2023 | ބުރާސްފަތި 12:29
ޜަށު މުދިމު
ޙާއްސަކޮއް ބަންގާޅުން މި ރާއްޖޭގެ ނުކުރާކައް ކުށެއް ނެއް. ޜާއްޖޭގެ ސިޔާސީ މީހުންވެސް ނުދަންނަ ކަމެއް ނޫން މީކީ. ނަމަވެސް އަދުގެ ސަރުކާރުން އަނެއްކާ ބަންގާޅުންގެ އިތުރައް ގެންނައް އެޔޮތީ ހުޅުވާފަ ނޫންތޯ؟