ކ. މާލެ
|
20 ޑިސެންބަރ 2023 | ބުދަ 19:49
މިއަހަރުގެ 1.8 ވަނަ ފަތުރުވެރިޔާ ސްޓެފާން މަތިޖްސް އާއި އޭނާގެ އަންހެނުންނާއި ދެ ދަރިން
މިއަހަރުގެ 1.8 ވަނަ ފަތުރުވެރިޔާ ސްޓެފާން މަތިޖްސް އާއި އޭނާގެ އަންހެނުންނާއި ދެ ދަރިން
ފާތިމަތު އުދުމާ
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާ
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
މިއަހަރުގެ 1.8 ވަނަ ފަތުރުވެރިޔާ އަކީ ނެލަދޭންޑްސްއަށް ނިސްބަތްވާ ސްޓެފާން މަތިޖްސް
މިއާއެކު މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒު މިވަނީ ހާސިލްވެފައި
އަހަރު ނިމޭއިރު، ގާތްގަނޑަކަށް އެއް މިލިއަން އަށް ލައްކަ ފަންސާސް ހާސް ފަތުރުވެރިން އަންނާނެކަމަށް މިނިސްޓަރު ލަފާކުރައްވައި

މިއަހަރުގެ 1.8 ވަނަ ފަތުރުވެރިޔާއަށް ބުދަ ދުވަހު، ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މިއަހަރުގެ 1.8 ވަނަ ފަތުރުވެރިޔާ އަކީ ނެލަދޭންޑްސްއަށް ނިސްބަތްވާ ސްޓެފާން މަތިޖްސްއެވެ. އޭނާ ރާއްޖެ އައީ އަންހެނުންނާއި ދެ ދަރިންނާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށެވެ.

މިއާއެކު މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒު މިވަނީ ހާސިލްވެފައެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް، ލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާއްތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު ތައުފީޤާއި، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދާއި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން، ޓޫރިޒަމް މިނިސްޓަރު ފައިސަލް ވަނީ އަހަރު ނިމެންވާއިރަށް ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން އަންނާކަމަށް އުންމީދުކުރެވޭ ކަަމަށާއި އެހެން ނަމަވެސް، ސީދާ ޔަގީންކަމާއެކު އެހެން ދަންނަވަން އުނދަގޫކަމަށް ވިދާޅުވެފައެވެ. އެހެން ނަަމަވެސް އަހަރު ނިމޭއިރު، ގާތްގަނޑަކަށް އެއް މިލިއަން އަށް ލައްކަ ފަންސާސް ހާސް ފަތުރުވެރިން އަންނާނެކަމަށް މިނިސްޓަރު ލަފާކުރައްވައެވެ.

ނޫސްވެރިންނާ ވާހަކަދަކައްވަމުން މިނިސްޓަރު ވަނީ މިއަހަރަށް ވުރެ އަންނަ އަހަރު ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ތެރޭގައި އެއް އަހަރެއްގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އަހަރުގެ ލަގަބު ހޯދުމަށް މަސައްކަތްކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނޫސްވެރިންނާ ވާހަކަދަކައްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު ތައުފީޤް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް ފުޅާކުރުމަށްޓަކައި އެކުންފުނިން އިތުރު މަސައްކަތްތައް ކުރާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރުވެސް، އައު އިތުރު މާކެޓްތައް ހޯދުމަށް އެމްއެމްޕީއާރުސީން ދިރާސާތަކެއް ހަދަމުންދާކަމަށް ފާތިމަތު ވިދާޅުވިއެވެ.

މި އަހަރުގެ ހިސާބުތަކަށް ބަލާއިރު، ފާއިތުވި އަހަރާ އަޅާބަލާއިރު 12.7 އިންސައްތައިގެ ފަތުރުވެރިންގެ ކުރިއެރުމެއް މި އަހަރު ލިބިފައިވާއިރު، އެ ފަތުރުވެރިން ރާއްޖޭގައި އާންމުކޮށް މަޑުކުރަނީ 7.6 ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް