ކ. މާލެ
|
20 ޑިސެންބަރ 2023 | ބުދަ 17:54
އިސްރާއިލްގެ ސިފައިން ޣައްޒާގައި ހަރަކާތްތެރިވަނީ
އިސްރާއިލްގެ ސިފައިން ޣައްޒާގައި ހަރަކާތްތެރިވަނީ
ރޮއިޓާސް
ހަމާސްގެ ލީޑަރު މިސުރަށް ވަޑައިގަތުން
ހަނގުރާމަ ހުއްޓާލުމާބެހޭ މަޝްވަރާތަކަށް ހަމާސްގެ ލީޑަރު މިސްރަށް ވަޑައިގެންފި
ހަމާސްގެ ސްޓޭންޑްއަކީ އަދިވެސް ވަގުތީގޮތުން ހަނގުރާމަ ހުއްޓުމަކަށް ގެނައުމެއްނޫން، ދާއިމީ ހައްލެއް

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމާބެހޭ މަޝްވަރާތަކަށް ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ މިސްރަށް ޒިޔާރަތް ކުރައްވައިފިއެވެ. 

ހަމާސް ޖަމާއަތުގެ ލީޑަރު މިސްރަށް ކުރެއްވި މި ދަތުރުފުޅަކީ ޣައްޒާއަށް އެހީ ގެނައުމަށާއި އަސީރުންގެ ގޮތުގައި ހައްޔަރުވެފައިވާ މީހުން މިނިވަން ކުރުމާއި ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ވަރުގަދަ މަޝްވަރާތަކެއް ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އާންމުގޮތެއްގައި ޤަތަރުގައި ދިރިއުޅުއްވާ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާންމުކޮށް ޑިޕްލޮމަސީއަށް ނުފޫޒު ފޯރުވަނީ ކުރިއެރުން ލިބޭނެ ކަމަށް ހީވާ ހާލަތްތަކުގައެވެ. އޭނާ އެންމެ ފަހުން މިސްރަށް ވަޑައިގެންނެވީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު، ހަނގުރާމަ ހުއްޓާލުމާ ބެހޭ ހަމައެކަނި އެއްބަސްވުން އިއުލާނު ކުރެއްވުމުގެ ކުރިންނެވެ.

މަޝްވަރާތަކާ ބެހޭ ގޮތުން މައުލޫމާތު ދިން މަސްދަރަކުން ބުނީ، ޣައްޒާގައި ހަނގުރާމަވެރިން ހިފަހައްޓާފައި ތިބި މީހުންގެ ތެރެއިން އާ ހަނގުރާމައިގެ އެއްބަސްވުމެއްގެ ދަށުން މިނިވަން ކުރެވޭނީ ކޮން ބައެއްތޯ އާއި އޭގެ ބަދަލުގައި އިސްރާއީލުން ދޫކޮށްލެވޭނީ ކޮން ގައިދީންނެއްތޯ ސަފީރުން މަޝްވަރާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

އިސްރާއީލުން ބާރު އަޅަމުން ދަނީ ހަމާސްއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ބާކީ ތިބި އަންހެނުންނާއި ބަލިކަށި ފިރިހެނުން ދޫކޮށްލުމަށެވެ. އޭގެ ބަދަލެއްގެ ގޮތުން ބޮޑެތި ކުށްތަކުގައި ކުށް ސާބިތުވެފައިވާ ފަލަސްތީނު މީހުން، މިނިވަން ކުރަން ޖެހޭ ގައިދީންގެ ލިސްޓުގައި ހިމެނިދާނެ ކަމަށްވެސް އިސްރާއީލުން ބުނެއެވެ.

މި މަޝްވަރާތަކަކީ ހަރުދަނާ މަޝްވަރާތަކެއް ކަމަށް ސިފަކޮށް، ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބީއެއް ހޯދިދާނެ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ އޮފިޝަލަކު ވިދާޅުވީ ހަނިއްޔާ އަކީ މިސްރުގެ އޮފިޝަލުންގެ އަޑު އަހަން ޝައުގުވެރިވާ ބޭފުޅެއް ކަމަށާއި ހަމާސްގެ ރަސްމީ ސިޔާސަތަކީ ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހެދުމާއި ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ގޮވާލުން ކަމަށެވެ.

ހަމާސްގެ ސްޓޭންޑްގައި ވަގުތީގޮތުން ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އެދުމެއް އަދިވެސް ނެތް ކަމަށާއި ހަމާސް އިން ބޭނުންވަނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ މުޅިން ނިމުމަކަށް ގެނައުން ކަމަށް ފަލަސްތީނުގެ އޮފިޝަލް ވިދާޅުވި އެވެ.

ހަނިއްޔާ އާއި ހަމާސް އިން އަބަދުވެސް މިސްރުގެ މަސައްކަތަށް ތައުރީފު ކުރެއެވެ. އޭނާ މިއަދު ޤާހިރާއަށް ވަޑައިގެންނެވީ އިޒްރޭލުން އާ ހުށަހެޅުންތަކެއް ހުށަހަޅާފައިވޭތޯ ނުވަތަ ޤާހިރާގައި ވެސް ބައެއް ހުށަހެޅުންތައް އެބަހުރިތޯ ބެއްލެވުމުގެ ގޮތުންކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލުގެ އިސް އޮފިޝަލަކު ތަކުރާރުކޮށް ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނެވޭނީ ހައްޔަރު ކޮށްފައިވާ އެންމެން މިނިވަންކޮށް ހަމާސް ހަލާކުކޮށްގެން ކަމަށެވެ.

"ބޮޑުވަޒީރު ވިދާޅުވި ފަދައިން ހަނގުރާމަ ނިމުމަކަށް އަންނާނީ ފުރިހަމަ ކާމިޔާބީއަކާ އެކު" ކަމަށް އޭނާ ވިދާުޅުވިއެވެ.

މި މަޝްވަރާތައް ފަށާފައި މިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ޣައްޒާގެ އައްސޭރިފަށުގެ ބޮޑު ބައެއް ހަލާކުކޮށްލާފައިވާ ޣައްޒާގައި ކުރިއަށް ގެންދާ ކެމްޕޭން ހުއްޓުވުމަށް ބައިނަލްއަގްވާމީ ބައިވެރިންގެ ޕްރެޝަރު އިޒްރޭލަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ ވޮޝިންޓަން އިން ފާއިތުވި ހަފުތާގައި އާންމުކޮށް ގޮވާލާފައި ވަނީ ހަމާސްގެ ލީޑަރުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހުރިހާ ހަނގުރާމައެއް ވެސް އާއްމު ރައްޔިތުންނަށް އަމާޒުނުކޮށް ކުރިއަށް ގެންދުއުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް