ކ. މާލެ
|
20 ޑިސެންބަރ 2023 | ބުދަ 16:29
ދެކުނު ކޮރެއާ ގައި އިމްތިހާން ހަދާ ކުދިބައެއް
ދެކުނު ކޮރެއާ ގައި އިމްތިހާން ހަދާ ކުދިބައެއް
އީޕީއޭ
އަވަހަށް އިމްތިހާން ހުއްޓުވުމުން ދައުވާ ކުރުން
90 ސިކުންތު އަވަހަށް އިމްތިހާން ހުއްޓުވުމުން ޓީޗަރާ ދެކޮޅަށް ދައުވާކޮށްފި
 
ދެކުނު ކޮރެޔާގެ ކޮލެޖް އެޑްމިޝަން ޓެސްޓް 8ގަޑިއިރަށް މެދުނުކެނޑި ދެމިގެންދެއެވެ.

ދެކުނު ކޮރެޔާގައި ކޮލެޖަށް ވަނުމަށްޓަކާ ހަދާ އެޑްމިޝަން އެގްޒޭމް، ނިންމަންޖެހޭ ގަޑިއަށް ވުރެ 90 ސިކުންތު އަވަހަށް ހުއްޓުވާލުމުން ސްޓޫޑަންޓުންގެ ގްރޫޕަކުން ޓީޗަރާ ދެކޮޅަށް ދައުވާކޮށްފިއެވެ. މިގޮތުން އެކުދިން ވަނީ ކުއްޖަކަށް 20 މިލިއަން ވޮން ނުވަތަ 15،400ޑޮލަރު ދިނުމަށް އެދި ދައުވާ ކޮށްފައެވެ. މިއީ އެއިމްތިޚާން ގައި އިށީނުމަށްޓަކައި އެއްއަހަރު ދުވަހު ކިޔެވުމަށް ހިގާ ޚަރަދު ކަމަށް ވެއެވެ.

މިކުދިންގެ ގާނޫނީ ވަކީލް ބުނެފައިވާ ގޮތުގައި އެގޮތަށް ޓީޗަރުންނަށް ހެދުނު ގޯހަކުން އިމްތިހާން އަވަހަށް ހުއްޓުވާލުމުން އެހެން ހުރިހާކުދިންގެ އިމްތިހާންގެ ނަތީޖާއަށްވެސް އަސަރު ވަނީ ކޮށްފައެވެ.

ދެކުނު ކޮރެޔާގެ ކޮލެޖް އެޑްމިޝަން ޓެސްޓަކީ މަޝްހޫރު ޓެސްޓެކެވެ.8ގަޑިއިރަށް މެދުނުކެނޑި ދެމިގެންދާ ކޮލެޖްއެޑްމިޝަން ޓެސްޓްގައި އެތައް މާއްދާއަކުން ޕޭޕަރަކަށް ފަހު ޕޭޕަރެއް ދެމުން ގެންދެއެވެ. މިއިމްތިހާނަކީ މުޅިދުނިޔޭގަވެސް ބޭއްވޭ މިފަދަ އެންމެ އުނދަނގޫ އިމްތިޙާނެވެ. އަހަރަކު އެއްފަހަރު ބާއްވާ މިއިމްތިޙާން ހަދާކުދިންނަށް އުނދަގޫ ވިޔަ ނުދިނުމަށްވެސް އެތައްކަމެއް ކުރެވެއެވެ. މިގޮތުން އެއާ ސްޕޭސް ބަންދު ކުރުމާ އަދި ސްޓޮކްމާކެޓް ހުޅުވުން ފަސްކުރުން ހިމެނެއެވެ.

ކޮލެޖް އެޑްމިޝަން ޓެސްޓުން ކަނޑައެޅެނީ ހަމައެކަނި ކުދިން ނަށް ޔުނިވަރސިޓީ އަށް  ވަދެވޭތޯއެއް ނޫނެވެ. ނުވަތަ ލިބޭނެ ވަޒީފާތަކެއްވެސް ނޫނެވެ. ގިނަކުދިންގެ މުޅި މުސްތަގްބަލްހެން ވަނީ މި އިމްތިހާންގެ މައްޗަށް ބިނާވެފައެވެ.

މިއަހަރުގެ އިމްތިހާނުގެ ނަތީޖާ ހާމަކޮށްފައިވަނީ ޑިސެމްބަރ 8ވަނަ ދުވަހުއެވެ. މިއާއެކު 39 ދަރިވަރުން ހިމެނޭ ގްރޫޕަކުން ދައުވާކޮށްފައިވާއިރު، އެކުދިން ބުނެފައިވަނީ އިމްތިހާނުގެ ފުރަތަމަ މާއްދާގެ ޕޭޕަރަށް ފަހު ބެލްޖެހީ މާއަވަހަށެވެ. ކުދިން ބުނެފައިވަނީ މިކަމުގެ ސަބަބުން ހާސްވެފައި ތިބުމުން އެހެން މާއްދާތަކުގެ ޕޭޕަރު ތަކަށްވެސް ދޭންވާވަރަށް ސަމާލުކަން ނުދެވުނު ކަމަށެވެ. އަދި ބައެއްކުދިން އިމްތިހާން ހޯލް ދޫކޮށް ގެޔަށް ގޮސްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މިއީ ކޮލެޖް އެންޓްރަންސް އެގްޒޭމް ގައި އަވަހަށް ރަގަބީލު ޖަހައިގެން ކުދިން ކޯޓަށް ދިޔަ ފުރަތަމަ ފަހަރު ނޫން ކަމަށް ވެއެވެ. 2021ވަނަ އަހަރުވެސް ހަމަ މި އިމްތިހާނުގައި 2 މިނެޓް އަވަހަށް ރަނގަބީލު ޖަހައިގެން ކުއްޖަކަށް7 މިލިއަން ވޮން ނުވަތަ 5،250 ޑޮލަރު ދޭން ކޯޓުން ނިންމާފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް