Advertisement
ކ. މާލެ
|
20 ޑިސެންބަރ 2023 | ބުދަ 07:03
ރިޔާސީ އިންތިޚާބު 2023 ގެ ތެރެއިން
ރިޔާސީ އިންތިޚާބު 2023 ގެ ތެރެއިން
ރާއްޖެއެމްވީ
އީސީގެ އޮންލައިން ޕޯޓަލް
އީސީގެ އޮންލައިން ޕޯޓަލްއަށް އީފާސް މެދުވެރިކޮށް އެކްސެސް ވެވޭނެ ގޮތް ހަަމަޖައްސައިފި
އިންތިޚާބުތަކުގެ ރީ-ރަޖިސްޓްރޭޝަނަށް ވެސް އީފާސް މެދުވެރިކޮށް ހުށަހެޅޭނެ

އީސީގެ އޮންލައިން ޕޯޓަލްއަށް އީފާސް މެދުވެރިވެ، ޚިދުމަތްތަކަށް އެކްސެސް ވެވޭނޭ ގޮތަށް ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ޚިދުމަތްތަކަށް އެކްސެސް ވެވޭނޭ ގޮތަށް ހަމަޖެއްސުމަށް ކޮމިޝަނުން ނިންމުމާއި ގުޅިގެން އިންތިޚާބުތަކުގެ ރީ-ރަޖިސްޓްރޭޝަނާއި، ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލަކަށްވުން، ރަޖިސްޓަރީވެފައިވާ ވޯޓުފޮށި ޗެކް ކުރުން އަދި ރަޖިސްޓަރީ ވެފައިވާ ސިޔާސީ ޕާޓީ ޗެކް ކުރުން ފަދަ ޚިދުމަތްތައް ހިމެނޭ ކަމަށެވެ.

Advertisement

ސިޔާސީ ޕަޓީތަކުގެ މެންބަރުކަމަށް އީފާސް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް