ކ. މާލެ
|
19 ޑިސެންބަރ 2023 | އަންގާރަ 14:17
ބިދޭސީން
ބިދޭސީން
ރާއްޖެއެމްވީ
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން
" ބިދޭސީންނަށް 139000 އެއްހާ ވަރކްޕާމިޓް ދޫކޮށްފައިވޭ، ގަވާއިދުން ފައިސާ ދައްކަނީ %36 މީހުން"
ގަވާއިދުން ފައިސާ ދައްކަނީ އެއީ ގާތްގަނޑަކަށް 40000އެއްހާ މީހުން ކަމަށް ވިދާޅުވި
ރާއްޖޭގައި ތިބި ބިދޭސީންގެ ތަފްސީލްތައް ސާފުކޮށް ހޯދުމުގެ މަސައްކަތް މިނިސްޓްރީންކުރަމުންދާ ކަމަށް ވިދާޅުވި

ބިދޭސީންނަށް ރާއްޖޭގައި މަސައްކަތް ކުރުމަށް 139000 އެއްހާ ވަރކްޕަރމިޓް ދޫކޮށްފައިވާ ކަމަށާއި އެފަދަ ހުއްދަތައް ދޫކޮށްފައިވާ އެމްޕްލޯޔަރުންގެ ތެރެއިން ގަވާއިދުން ފައިސާ ދައްކަނީ 36% މީހުން ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިހުސާން ވިދާޅުވީ ތަފާސްހިސާބުތަކުން އެނގޭގޮތުން 139000 އެއްހާ ވަރކްޕަރޕިޓް ދޫކޮށްފައިވާކަމަށެވެ. އެ ވަރކްޕަރމިޓް ދޫކޮށްފައިވާ އެމްޕްލޯޔަރުންގެ ތެރެއިން ފައިސާދައްކަނީ 50 އިންސައްތަ މީހުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރެއިން ވަޒީފާދޭ ފަރާތްތަކުން ބަރާބަރަށް ފައިސާ ދައްކަނީ އޭގެ ތެރެއިން 36 % މީހުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް 40000އެއްހާ މީހުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ގަވާއިދުން ފައިސާ ނުދައްކަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށް މިިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އޭގެ ތެރެއިން އެއް ހާލަތަކީ ކުންފުނި އުވުމާއި ގުޅިގެން ފައިސާ ނުދެއްކުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަނެއް ހާލަތަކީ ވަރކް ޕަރމިޓް އޮތް މީހާ ޤަވާއިދާއި ޚިލާފަށް އުޅުން ކަމަށާއި ފައިސާ ނެތިގެން ފައިސާ ދައްކަން ބޭނުން ނުވަނީ، ކުންފުނި އުވިދިޔުމުން ކަމަށްވެސް ވެދާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ބަންގްލަދޭޝް އަށް ނިސްބަތްވާ 90624 މީހުން މަސައްކަތްކުރުމަށްޓަކާ ރާއްޖޭގައި ތިބިކަމަށެވެ. އޭގެ ތެރެއިން ޤާނޫނާއި އެއްގޮތަށް ތިބި މީހުންގެ އަދަދު ހޯދުމަށް ވެސް މަސައްކަތްކުރަމުންދާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

އިހުސާން ވަނީ ވަރަށް ފަސޭހައިން ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ޤާނޫނާއި ޚިލާފުވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ތިބި ބިދޭސީންގެ ތަފްސީލްތައް ސާފުކޮށް ހޯދުމުގެ މަސައްކަތް މިނިސްޓްރީންކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ތަފްސީލްތައް ހޯދާނީ ފިންގަރޕްރިންޓު މެދުވެރިކޮށް އެ މީހުން ދެނެގަނެވޭ ވަރަށް ކަަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް