ކ. މާލެ
|
19 ޑިސެންބަރ 2023 | އަންގާރަ 07:18
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށިން ފައިލޭރިއާ ފެނުން
ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް ކުޅުދުއްފުށީގައި ޓާސްކްފޯހެއް އެކުލަވާލައިފި
 
ރާއްޖޭގެ އެހެން ރަށްތަކާއި ކުޅުދުއްފުށީގައި ވެސް ރޭންޑަމް ޓެސްޓިން ކުރިއަށްގެންދަން ވަނީ ނިންމާފައި
 
ފައިލޭރިއާއަކީ 2016 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެއް
 
19 ބިދޭސީ މަސައްކަތްތެރިން ވަނީ ފައިލޭރިއާއަށް ޕޮޒިޓިވްވެފައި

ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް ކުޅުދުއްފުށި ސިޓީގައި ޓާސްކްފޯހެއް އެކުލަވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށިން ފައިލޭރިއާ ފެނުމުން އެ ބަލި ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑްބަލިއުއެޗްއޯގެ ލަފަޔާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުޅުދުއްފުށި ރީޖަަނަލް ހޮސްޕިޓަލުން ކުޅުދުއްފުށި ސިޓީ ކައުންސިލާއި ކަމާގުުންހުރި އެހެން އިދާރާތައް ހިމެނޭހެން ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް ހިންގާ ސްކްރީިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 295 ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރެވިފައިވާ ކަމަށާއި މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެފައިވާ 19 ބިދޭސީ މަސައްކަތްތެރިންނަށް ބޭސް ދިނުމުގެ ކަންކަން ކުރިއަށްދާ ކަމަސް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި ފައިލޭރިއާ ޓެސްޓް ކުރުމަށް ބޭނުންވާ ޓެސްޓް ކިޓު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާފައިވާކަމަށާއި ޑަބްލިއުއެޗްއޯއާ ގުޅިގެން އިތުރު ކިޓުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެއެވެ.

އެޗްޕީއޭއިން އަންނަނީ ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް ކުޅުދުއްފުށީގައި މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމުވެސް ހިންގަމުންނެވެ. އެގޮތުން ރަށުތެރޭގައި މަދިރި އުފެދޭގޮތަށް ހުރިތަންތަން ބަލައި، ނައްތާލުމާއި ސާފުކޮށް ފޮގު ކުރުމާއި މީސްމީޑިއާ މެދުވެރިކޮށް މަދިރި ކޮންޓްރޯލް ކުރުމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް އެ އިދާރާއިން އަންނަނީ ކުރަމުންނެެވެ.

މި ބަލި ކޮންޓްރޯލް ކުރުމަށް ކުރިއަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ކުޅުދުއްފުށީގެ ރައްޔިތުންގެ ތެރެއިން ރެންޑަމްކޮށް ހޮވާލެވޭ ފަރާތްތައް ޓެސްޓް ކުރުމާއި ބިދޭސީންނަށް އެނގޭފަދަ ބަހަކުން ޕޯސްޓަރު އަދި ވީޑިއޯ ފަދަ ތަކެތި ތައްޔާރުކޮށް މައުލޫމާތު ފޯރުކޮށްދިނުމާއި ފައިލޭރިއާއާ ގުޅުންހުރި ގައިޑްލައިންތައް އެކުލަވައިލުމުގެ އިތުރުން ސާވައިލެންސާއި ރިޕޯޓިން އިތުރަށް ހަރުދަނާ ކުރުމާއި ރާއްޖޭގެ އެހެނިހެން ރަށްތަކުގައި ސްކްރީނިން ކުރިއަށްގެންދިއުން ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކުޅުދުއްފުށިން ފައިލޭރިއާގެ ކޭސްތަކެއް ފެނިފައިވަނީ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ސްކްރީނިންގ ކޭމްޕެއްގައެވެ. ބައްޔަށް ޕޮޒިޓިވްވި ފަރާތްތައް ރާއްޖެ އައީ ފައިލޭރިއާ އާއްމުކޮށް ފެންނަ ޤައުމުތަކުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފައިލޭރިއާއަކީ 2016 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. މިއީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ފަންޏެއްގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް