ކ. މާލެ
|
19 ޑިސެންބަރ 2023 | އަންގާރަ 07:14
ރޮބޮޓް އަތަކާއެކު މީހަކު ޓެސްޓް ކުރަނީ
ރޮބޮޓް އަތަކާއެކު މީހަކު ޓެސްޓް ކުރަނީ
ރޮއިޓާސް
ލުއި ޚަބަރު
މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް، ރޮބޮޓް އަތަކާއެކު އައު އުންމީދެއް!
 
އެކި ކަހަލަ އެކްސިޑެންޓްތަކާއި ބަލިތަކުގެ ޝިކާރައަކަށްވެ، އަތުގެ ހަރަކާތްތެރިކަން ގެއްލިފައިވާ މީހުންނާއި ދުޅަ ހެޔޮ މީހުންނަށްވެސް އިތުރު ބާރެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ
 
ދިރާސާ ޓީމުން ވަނީ ރޮބޮޓް އަތް ކޮންޓްރޯލް ކުރުމަށް ޚާއްޞަ ނިޒާމެއްވެސް އުފައްދާފައި

ބުރަ މަސައްކަތެއް ކުރަމުން ދާ އިރު އަދި އިތުރު އަތެއްގެ އެހީ ލިބޭނެ ނަމައޭ ހިތަށް އަރާ ހެއްޔެވެ؟ އިތުރު މީހަކު ގެނެސްގެން މަސައްކަތް އަވަހަށް ނިންމާލެވުނަސް ބޭނުން ވާ ގޮތަށް އެކަން ނިންމާލެވޭ ގޮތް ނުވެ، 2 މީހުން މޫނުކެނޑޭ ހިސާބަށްވެސް ބައެއް ފަހަރު ދާ ގޮތް ވެއެވެ. ސުވިޓްޒަލަންޑްގެ ސައެންސްވެރިން ދާދި ފަހުން ދައްކާލި އައު އީޖާދަކީ މި ދެންނެވި އަރައިރުންގަނޑުން ސަލާމަތްވުމަށް ބޭނުން ކުރެވިދާނެ އީޖާދާކަށް ވެދާނެއެވެ.

ސުވިޓްޒަލަންޑްގެ ސައެންސްވެރިންގެ ޓީމުން އީޖާދު ކުރީ ރޮބޮޓް އަތެކެވެ. މާ އާދަޔާ ޚިލާފު ވީ ކީއްވެތޯ އުފެދޭ ސުވާލުގެ ޖަވާބުވެސް ދެވޭތޯ ބަލާނަމެވެ. މި ރޮބޮޓް އަތަކީ އަހަރެމެންގެ ލޮލުގެ އިޝާރާތާއި، ނޭވާގެ ޒަރިއްޔާއިން ކޮންޓްރޯލް ކުރެވޭ ރޮބޮޓް އަތެކެވެ. ރޮބޮޓް އަތް ބޭނުން ކުރަމުން ދާ އިރު، އަހަރެމެންގެ އަމިއްލަ އަތުން އެހެން ކަންކަން ކުރާކަށް އެއްވެސް ހުރަހެއް ނޯވެއެވެ.

'ސައެންސް ރޮބޮޓިކްސް' ޖަރނަލްގައި ޝާޢިއު ކޮށްފައި ވާ ދިރާސާގައި، ސުވިސް ފެޑަރަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އީޕީއެފްއެލް) ގެ ނިއުރޯއިންޖިނޭރު، ޕްރޮފެސަރ ސިލްވެސްޓްރޯ މިސޭރާ ފާހަގަކޮށްފައި ވާ ގޮތުގައި، މި ރޮބޮޓް އަތަކީ، އެކި ކަހަލަ އެކްސިޑެންޓްތަކާއި ބަލިތަކުގެ ޝިކާރައަކަށްވެ، އަތުގެ ހަރަކާތްތެރިކަން ގެއްލިފައި ވާ މީހުންގެ އިތުރުން، ދުޅަ ހެޔޮ ޞިއްޙަތުގައި ތިބި މީހުންނަށްވެސް އިތުރު ބާރެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އަތެކެވެ.

އަހަރެމެންގެ އަމާޒަކީ 2 އަތްވެސް ސަލާމަތް ޞިއްޙަތެއްގައި ތިބި މީހުންނަށް، އެމީހުންގެ ދެ އަތް ކޮންޓްރޯލް ކޮށްލެވޭހާ ފަސޭހައިން، އިތުރު އަތެއްވެސް ހަމަ އެ ވަގުތު ކޮންޓްރޯލް ކުރެވޭ ގޮތް ހެދުން. އަހަރެމެންގެ ދިރާސާ ބައްޓަން ކުރީ ނޭވާލުމާއި ލޮލުގެ އިޝާރާތުން ކޮންޓްރޯލް ކުރެވޭ ގޮތަށް. ޤުދުރަތީ ގޮތުން ލިބިފަ އޮތް 2 އަތް ކޮންޓްރޯލް ކުރަމުން، އިތުރު އަތުގެ ކޮންޓްރޯލް ދަސް ކުރަން، ޞިއްޙަތު ރަނގަޅު މީހުންނަށް ވަރަށް ފަސޭހަ ވާނެ.
ޕްރޮފެސަރ ސިލްވެސްޓްރޯ މިސޭރާ؛ އީޕީއެފްއެލްގެ ނިއުރޯއިންޖިނޭރެއް

ދިރާސާ ޓީމުން ވަނީ ރޮބޮޓް އަތް ކޮންޓްރޯލް ކުރުމަށް ޚާއްޞަ ނިޒާމެއްވެސް އުފެއްދާފައެވެ. ރޮބޮޓް އަތް ބޭނުން ކުރާ މީހުން ހުންނަން ޖެހެނީ ވަރޗުއަލް ރިއާލިޓީ (ވީއާރް) ގޮގްލްސް އަޅައިގެންނެވެ. ވީއާރް ގޮގްލްސް އަޅައިގެން ހުންނައިރު، އެ މީހާއަށް 2 އަތް ފެންނާނެއެވެ. އަތުގެ ހަރަކާތްތައް ވަޒަން ކުރަނީ، ބަނޑުގައި އަޅާފައި އޮންނަ ކަމަރެއްގެ އެހީގައެވެ. އެއީ ނޭވާ އެތެރެއަށް ލާ ލުމާއި، ބޭރަށް ދޫކޮށްލާ ދޫކޮށްލުމަށް ބަލައިގެން ވަޒަން ކުރާ މިންގަނޑެކެވެ.

މިކަމައިގެން ކުރިއަށް ދާން ލިބުނު އެންމެ ބޮޑު ހިތްވަރަކަށް ވީ، ނާރުތަކުގެ ނިޒާމު މަސައްކަތް ކުރާ ގޮތް ދެނެގަތުން. އެހެނީ، މުޅިން އައު ކަމެއް ކުރަން ސިކުނޑިއަށް ގޮންޖަހާނަމަ، ސިކުނޑިއަށް އެކަން ކުރެވޭތޯއާއި، މި އުނގެނުމަށް މަގުފަހިކުރެވޭނެ ގޮތްތައް ވިސްނާ، ދެން މިކަން، ޚާއްޞަކޮށް އެހެން އެޕްލިކޭޝަންތަކަށްވެސް ފޯރުކޮށްދެވޭނެ... މިސާލަކަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުންނަށް ޑިވައިސްތަކާއި، ސްޓްރޯކަށްފަހު ރިހެބިލިޓޭޝަން މަރުޙަލާގަ ކަހަލަ ޙާލަތްތަކުގަ. މި ގޮތުގަ ކުރިއަށް ދާން ހިތްވަރަކަށް ވީ، ސިކުނޑީގެ ޤާބިލިއްޔަތުކަން ދަމާލެވޭނެ މިންވަރު ދެނެގަތުން. މީގެ ކުރިން ފެނިފަ ނެތް، މުޅިން އައު ކަންތައްތަކެއް ދަސް ކުރަން ސިކުނޑިއަށް ފުރުޞަތު ދިނުމުގެ ގޮތުން.
ޕްރޮފެސަރ ސިލްވެސްޓްރޯ މިސޭރާ؛ އީޕީއެފްއެލްގެ ނިއުރޯއިންޖިނޭރެއް

ވޮލަންޓިއަރުން ވަނީ ޓީމުގެ އުފެއްދުން ތަޖުރިބާކޮށްފައެވެ. ވާޗުއަލް ދުނިޔެއެއްގައި ކަނާތާއި ވާތް ކޮންޓްރޯލް ކޮށްދޭ މަސްނޫޢީ ކަށިގަނޑެއްގައި ވޮލަންޓިއަރުން ހިފައިގެން ތިބި އިރު، ވީއާރް 3 ވަނަ އަތުގެ ކޮންޓްރޯލް ކުރީ އުނަގަނޑުގައި އޮތް ކަމަރުންނެވެ.

ދިރާސާ ޓީމުން ވަނީ މޭމަތީގައި ރޮބޮޓް އަތް އައްސައިގެން، ނޭވާގެ ޒަރިއްޔާއިން ޑިވައިސް ހަރަކާތް ކުރެވޭ ގޮތްވެސް ޓެސްޓު ކޮށްފައެވެ. މި ގޮތަށް ޑިވައިސް ކޮންޓްރޯލް ކުރަނީ، އެ އަޅައިގެން ހުންނަ މީހާ ނޭވާލާއިރު، އެތެރެއަށް އަދި ބޭރަށް ވާ ގޮތަށް މޭމައްޗަށ އަންނަ ހަރަކާތުންނެވެ.

މި ދިރާސާއަކީ، ސުވިސް ނޭޝަނަލް ސައެންސް ފައުންޑޭޝަންގެ މަޝްރޫޢެކެވެ. މަޤްޞަދަކީ، އެކި ޙާދިޘާތަކާ ގުޅިގެން ކުރިއަށް ގެންދަން ސަރޗް އެންޑް ރެސްކިއު މިޝަންތަކުގައި، ހަށިގަނޑުގައި އަޅައިގެން ބޭނުން ކުރެވޭނެ ރޮބޮޓް އަތުގެ އެހީތެރިކަން ހޯދޭނެ މަގު ތަނަވަސް ކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ވޯކް ޕާމިޓްގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދަނީ ގާތްގަނޑަކަށް 30 އިންސައްތަ މީހުން: މިނިސްޓަރު
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް "އޮޕަރޭޝަން ކުރަނގި" ފަށައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ވަޓްސްއެޕްގެ ދައުރެއް ވޭތަ؟
ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ގާނޫނީގޮތުން ކުރަން ޖެހޭކަންކަން ފުލުހުން ދަނީ ކުރަމުން: މިނިސްޓަރ
ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހާމަކުރަން ނިންމީ ކޯޓުތަކަށް ގޮންޖެހުމުގެ ނިޔަތުގައެއް ނޫން: މިނިސްޓަރު އިހުސާން
އިންޓަނެޓުގެ ޚިދުމަތް ދޭގޮތުގެ ފެންވަރު މޮނިޓަރކޮށް ބެލެހެއްޓުމާ ގުޅޭ ކޮންސަލްޓެންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދަނީ
"ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދޫކޮށްލުން ގޯސް، ނަމަވެސް ވާނުވާ ޖަހާފައި ތިބޭ ތިބުން ނިމުމަކަށް ގެންނާނެ"