ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 12:42
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
ވައްކަންކުރުން
ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާގެ މުދާ ވަގަށް ނެގި މީހަކު ބަންދުކޮށްފި
 
ފުލުހުންގެ ބޮޑީކެމް ރެކޯޑިންގ ނުވަތަ އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖް ދެން އޮންނަ މުއްދަތު މަޖިލީހަށް ހުށަހަޅަންޖެހޭ
 
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއް

ހަތަރުލައްކައަށްވުރެ ގިނަ ރުފިޔާގެ މުދާ ވަގަށް ނެގި މީހަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ވައްކަން ކުރުމާއި ހުއްދަނޫން ތަނަކަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތެވެ.

އޭނާ 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 26 ޑިސެމްބަރު 2023 ގައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ވަގަށް ނަގާފައިވާ މުދަލުގެ އަގު ހަތަރުލައްކަ ރުފިޔާއަށް އަރާނެކަމަށް މި މައްސަލަ ތަހުގީގުކުރާ އޮފިސަރު ވަނީ ކޯޓުގައި ބުނެފައެވެ.

ކޯޓުން ވަނީ އޭނާ ގަލޮޅު ވިލީ ފުލުހަށް ވެއްދިއިރުގެ ފުލުހުންގެ ބޮޑީކެމް ރެކޯޑިންގ ނުވަތަ އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖް ދެން އޮންނަ މުއްދަތު މަޖިލީހަށް ހުށަހެޅުމަށް ތަހުގީގުކުރާ އޮފިސަރަށް އަންގާފައެވެ. ސަބަބަކީ މި މައްސަލައިގައި ތުހުމަތުވާ މީހާ ގަދަކަމުން ހައްޔަރުކުރި ގޮތާމެދު އޭނާގެ ފަރާތުން ތުހުމަތުތަކެއް ކޮށްފައިވާތީއެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އިބްރާހިމް ޛިހުނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް