Advertisement
ކ. މާލެ
|
16 ޑިސެންބަރ 2023 | ހޮނިހިރު 22:03
ފުލުހުންގެ މައި ޢިމާރަތް
ފުލުހުންގެ މައި ޢިމާރަތް
ކޯޕަރޭޓް މޯލްޑިވްސް
ފުލުހުން
މީހަކު ރަހީނުކޮށް މާރާމާރީ ހިންގި މައްސަލައިގައި ތިން މީހަކު ހައްޔަރަށް
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25، 26 އަދި 27 އަހަރުގެ ދިވެހި ފިރިހެނުން

މީހަކު ރަހީނުކޮށް މާރާމާރީ ހިންގި މައްސަލައިގައި، ތުހުމަތުވާ ތިން މީހަކު ފުލުހުންގެ ހައްޔަރަށް ގެންގޮސްފި އެވެ.

ފުލުހުން މީޑިޔާއަށް ފޮނުވި މެސެޖެއްގައި ބުނީ ރަހީނުކޮށް މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ތިން ފިރިހެނަކު، ކޯޓު އަމުރެެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ހައްޔަރުކޮށްފައިވަނީ އުމުރުން 25، 26 އަދި 27 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

Advertisement

އަދި ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 25 އަހަރުގެ ފިރިހެންމީހާގެ ބަންދަށް 12 ދުވަސް އަދި ބާކީ ތިބި ދެ މީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ދީފައި ކަމަށެވެ.

އަދި އެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް