ކ. މާލެ
|
12 ޑިސެންބަރ 2023 | އަންގާރަ 21:26
ކެނެޑާގައި، ހުރިގޮތަށް އެހެން ތަނަކަށް ގެންދިޔަ އިމާރާތް
ކެނެޑާގައި، ހުރިގޮތަށް އެހެން ތަނަކަށް ގެންދިޔަ އިމާރާތް
ވަޔަން
އިމާރާތެއް ކޮއްޕުމަށް ސައިބޯނި ބޭނުންކުރުން
ސައިބޯނި ބޭނުންކޮށްގެން، އިމާރާތެއް ހުރިގޮތަށް އެއްތަނުން އަނެއްތަނަށް ގެންގޮސްފި
 
30 ފޫޓުގެ ދުރުމިނަށް، ސައިބޯނީގެ އެހީގައި އިމާރާތް ގެންދިޔަކަމަށްވޭ

އިންޖިނިއަރިންގ ބޭނުންކޮށްގެން ގިނަ ޓެކްނިކަލް މައްސަލަތަކަށް ހައްލު ހޯދެއެވެ. ނަމަވެސް ހުރިހާ ފަހަރަކު މިފަދަ ހައްލުތައް ހޯދަނީ ހަމައެކަނި އަގުބޮޑު ބޮޑެތި މެޝިންތައް ބޭނުންކޮށްގެން ނޫންކަމަށް ވެދާނެއެވެ. "ފޮށި ކަނޑާލާފައި" ނަގާ އައު ވިސްނުންތައްވެސް މި ދަނީ ފެންނަމުންނެވެ. މީގެ މިސާލެއް ވަނީ، ކެނެޑާގައި ދާދި ފަހުން އިމާރާތެއް އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްކުރި ބަޔަކު ދައްކާލާފައެވެ.

ކެނެޑާގެ ހެލިފެކްސްގައި ހުރި 220 ޓަނުގެ ބަރުދަނުގެ އިމާރާތެއް ހުރިގޮތަށް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ މަސައްކަތުގައި 700 ސައިބޯނި ބޭނުން ކޮށްފައިވާކަމަށް ވެއެވެ.

ހުރިތަނުން ނަގައިގެން ގެންދިޔަ އިމާރާތަކީ 1826 ވަނަ އަހަރު ބިނާކޮށްފައިވާ ތާރީޚީ ބިނާއެއްކަމަށް ވެއެވެ. އެތަން ފަހުން ވަނީ ވިކްޓޯރިއަން އެލްމްވުޑް ކިޔާ ހޮޓަލަކަށް ބަދަލުކޮށްފައެވެ.

އިމާރާތް ދުވަސްވެ ބާވުމުގެ ސަބަބުން އެތަން ތަޅާލަންވެސް 2018 ވަނަ އަހަރު ނިންމިއެވެ. ނަމަވެސް ފަހުން ގެލެކްސީ ޕްރޮޕަޓީސް ކިޔާ ރިޔަލް އެސްޓޭޓް ކުންފުންޏަކުން އެތަން ގަނެފައިވެއެވެ. ތަނަކީ ވަރަށްވެސް ތާރީޚީ ބިނާއަކަށްވާތީ، އެމީހުން ބޭނުންވީ އިމާރާތް ހުރިގޮތަށް އެހެން ތަނަކަށް ގެންގޮސް، އަލަށް އަޅާ އެޕާޓްމަންޓްތަކަކާއެކު ބެހެއްޓުމަށެވެ.

އިންޖިނޭރުންނަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކަށްވީ އިމާރާތް ހުރިގޮތަށް، ހުރިތަނުން ދުރަށް ޖެއްސުމެވެ. މިކަން ފަހުން ވަނީ "ހައުސް މޫވިންގ" ނުވަތަ ގެ ބަދަލުކޮށްދޭ އެކްސްޕަރޓުންގެ ގްރޫޕަކާ ހަވާލުކޮށްފައެވެ.

އެމީހުން، އެ އިމާރާތުގެ ފައުންޑޭޝަނާއެކު ފެންނަ ވަރަށް ކޮނުމަށްފަހު ދަށަށް ސަޕޯޓްތައް ލެއްވިއެވެ. އަދި ބޮޑު ދެ އެކްސްކަވޭޓަރާއި އެހެންވެސް އެކަމަށް ޚާއްސަ ވެހިކަލްތަކާ ގުޅުމަށްފަހު، އިމާރާތުގެ ދަށަށް 700 ބުރި އައިވަރީ ސައިބޯނި ލެއްވިކަމަށް ވެއެވެ. އެއަށްފަހު، އެކަމަށް ޚާއްސަ ސްޓީލް ފްރޭމެއްގެ މައްޗަށް އިމާރާތް ލެވެންދެން ސައިބޯނިތަކުގެ އެހީގައި އިމާރާތް ގެންދިޔަ ކަމަށް ވެއެވެ. މިގޮތުން 30 ފޫޓުގެ ދުރުމިނަށް ސައިބޯނީގެ އެހީގައި އިމާރާތް ގެންދިޔަކަމަށް ވެއެވެ.

މިކަން ކުރިގޮތުގެ "ޓައިމްލެޕްސް" ވީޑިއޯއެއް ކުންފުނިން ވަނީ ފޭސްބުކަށް ލާފައެވެ.

"ސައުތު އެންޑް ހެލިފެކްސްގައި ހުރި ތާރީޚީ އެލްމްވުޑް ހޮޓެލް، 200 އަހަރުތެރޭގައި ފުރަތަމަ ދަތުރު ކުރިއިރު، މިއީ އަދި ހޮޓަލުގެ ފަހު ދަތުރެއް ނޫނެވެ. އެތައް ހަފުތާތަކެއްގެ ތައްޔާރީތަކަށްފަހު މިކަން ކޮށް ނިމުނީ ސައިބޯނިމަތީގައި ކައްސާލާހާ އޮމާންކޮށެވެ." އެމީހުން ބުނެފައި ވެއެވެ. 

މައުލޫމާތު: ވިއޯން ޗެނެލް  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް