ކ. މާލެ
|
8 ޑިސެންބަރ 2023 | ހުކުރު 07:37
ބީއެމްއެލްގެ އެހީގައި އިމާދުއްދީން ސްކޫލުގައި ހުޅުވި ތެރަޕީ ރޫމް
ބީއެމްއެލްގެ އެހީގައި އިމާދުއްދީން ސްކޫލުގައި ހުޅުވި ތެރަޕީ ރޫމް
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލްގެ އެހީގައި އިމާދުއްދީން ސްކޫލުގައި ތެރަޕީ ރޫމެއް ގާއިމުކޮށްފި
 
މިއީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ގާއިމުކުރި ތެރަޕީ ރޫމެއް
 
އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ 130 އަށް ވުރެ ގިނަ ދަރިވަރުން ތެރަޕީ ރޫމް ބޭނުން ކުރާނެ ކަމަށް ބީއެމްއެލުން ބުނޭ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީގައި އިމާދުއްދީން ސްކޫލްގައި ތެރަޕީ ރޫމެއް ގާއިމްކޮށްފިއެވެ.

މިއީ މުޖުތަމައަށް އެހީވުމަށް އެ ބޭންކުން ކުރާ އިންވެސްޓްމަންޓްގެ ދަށުން، އިމާދުއްދީން ސްކޫލުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ގާއިމުކުރި ތެރަޕީ ރޫމެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

މި ތެރަޕީ ރޫމް ފަރުމާކޮށްފައިވަނީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެ ކުދިންގެ ގާބިލްކަން އިތުރުކޮށް، ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީ ވެސް ދިނުމަށް ހާއްސަ ބައެއް ހިމަނައިގެންނެވެ. އަދި ސެންސަރީ އެކްޓިވިޓީސް އާއި ކައުންސެލިންގ ވެސް މި ތެރަޕީ ރޫމުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ 130 އަށް ވުރެ ގިނަ ދަރިވަރުން މި ތެރަޕީ ރޫމް ބޭނުންކުރަމުންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބޭންކުން އަންނަނީ، ހިލޭސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެއްޓާ ގުޅުންހުރި ގިނަ ޕްރޮޖެކްޓްތަކަށް އިންވެސްޓް ކުރަމުންނެވެ. އެގޮތުން ތައުލީމީ ދާއިރާ އަކީ ބީއެމްއެލުން ހާއްސަކަމެއްދޭ މުހިންމު ދާއިރާއެއް ކަން އެ ބޭންކުން ފާހަގަކުރެއެވެ.

ފާއިތުވި ހަތަރު އަހަރުގައި ބީއެމްއެލުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލަކަށް ސްޕެޝަލް އެޑިއުކޭޝަން ނީޑް ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފައިކަމަށް އެ ބޭންކުން ބުނެއެވެ. އަދި އެ ބޭންކުން ވަނީ އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮންޕިއުޓަ ލެބް ތަރައްގީކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް