ކ. މާލެ
|
5 ޑިސެންބަރ 2023 | އަންގާރަ 12:08
ނަދީމްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން
ނަދީމްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން
ރާއްޖެއެމްވީ
ނަދީމްގެ މަރުގެ މައްސަލަ
ނަދީމްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން ބަންދުނުކުރި މައްސަލައިގެ އިސްތިއުނާފު ހުށަހަޅައިފި
 
ދައުލަތުގެ ވަކީލު ވިދާޅުވީ، އާންމު އިޖުރާއަތުތަކަށް ދިއުމުގެ ދޮރު އަދި ބަންދުވެފައިނުވާކަމަށް
 
އެމީހުން ބަންދު ކުރެވެން ނެތްކަމަށް ހައިކޯޓުން ވަނީ ނިންމާފައި

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު ޢަބްދުއްރަޙީމް އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ސަލާމަތްވި މީހުން، ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ އަޑުއެހުންތައް ނިމެންދެން ބަންދު ނުކޮށްދޭން ހައިކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރެވެ. މި އަޑުއެހުމުގައި އިސްތިއުނާފު ހުށައަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ޙުކުމާމެދު ވަކި ގޮތެއް ނިމެންދެން އެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން އެދުނުނަމަވެސް، އެމީހުން ބަންދު ކުރެވެން ނެތްކަމަށް ހައިކޯޓުން ނިންމާފައިވާކަމަށެވެ.

ހައިކޯޓުން ނިންމީ އިސްތިއުނާފް މަރުހަލާގައި މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު އަމަލުކުރާނެ އިޖްރާއަތެއް ނުވަތަ ގާނޫނެއް ނުވަތަ ގަވާއިދެއްގައި ބަޔާންވެފައި ނެތްކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ޙާލަތުގައި އާންމު އިޖުރާއަތުތަކަށް ދިއުމުގެ ދޮރު އަދި ބަންދުވެފައިނުވާކަމަށެވެ. އިޖުރާއަތެއް ނެތުމާއި، އިޖުރާއަތެއް އޮވެ، އޭގެ ތަފްސީލު ނެތުމަކީވެސް އަދި ދެ ކަމެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މީހުން ބަންދު ކުރުމުގެ ބާރު ޝަރުއީ ކޯޓުތަކަށް ޖުމުލަކޮށް ލިބިދީފައިވާއިރު، އިޖުރާއަތެއް ނެތްކަމަށް ބަޔާންކޮށް ބަންދުން ވީއްލޭކަމުގައިވާނަމަ، ޝަރުއީ ކޯޓަށް ލިބިދީފައިވާ ބާރު ނެތިކޮށްލަނީކަމަށް ދައުލަތުން ދެކޭކަމަށެވެ.

ދައުލަތުގެ މައިގަނޑު ޝަކުވާއަކީ އިޖުރާއަތު އޮވެމެ، އިޖުރާއަތު ނެތްކަމަށް ބަޔާން ކުރައްވާފައި، އެކަން ވަޒަން ނުކުރައްވައި، އޭގެ ހައްލެއް ހޯދޭނެ މަގެއް ނެތި ނިންމަވާލައްވާފައި އޮތީމަ އެ ކަންބޮޑުވުން
ދައުލަތުގެ ވަކީލު

ދައުލަތުގެ ވަކީލު ވިދާޅުވީ، އެމީހުން ބަންދު ކޮށްދޭން އެދެނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައިކަމަށެވެ.

ދައުލަތުން ވަނީ ހައިކޯޓުގެ ނިންމުން ބާތިލުކޮށް، މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން އުސޫލުތަކެއް ކަނޑައަޅަން ޖެހޭނަމަ ބަޔާންކުރައްވައި، އެ އުސޫލުތަކުގެ ތެރެއިން އެމީހުންގެ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ހައިކޯޓަށް މައްސަލަ ތަހުވީލު ކޮށްދިނުމަށް އެދިފައެވެ.

އެއަށްފަހު ދައުވާލިބޭ މަފާޒްގެ ވަކީލު ވަނީ އިސްތިއުނާފަށް ޖަވާބު ދެއްވާފައެވެ. އެގޮތުން ހައިކޯޓުގެ ނިންމުން ބާތިލުކުރަންޖެހޭ ތަނެއް ނެތްކަަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިލެއްވިއެވެ.

މި މައްސަލައިގައި ހިމެނޭ ހުސައިން ޝާމީން ވަނީ އޭނާގެ ފަރާތުން އިތުރު ކަމެއް ފާހަގަކުރަން ނެތްކަމަށް ބުނެފައެވެ. އަދި ކަރަމް ސުހައިލް ވަނީ އޭނާ ވަކީލަކު އައްޔަނުކޮށްފައިވާ ކަމަށާއި، ވަކީލާއެކު ކުރިއަށްދާން ބޭނުންވާކަމަށް ބުނެފައެވެ.

މި އަޑުއެހުމަށް އަލީ ނިފާޒު ހާޒިރުވެފައިނުވާތީ، އޭނާގެ ބައި ބުދަ ދުވަހު ކުރިއަށް ގެންދަވާނެކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ. އެ އަޑުއެހުމުގައި ކަރަމްގެ ވަކީލަށްވެސް ފުރުސަތު ދެއްވާނެކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 3 މީހަކު ބަންދުކޮށްފި
އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫން
ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ދޫކޮށްލީ ރަނގަޅަށް ނޫންކަމަށް ހައިކޯޓުން ނިންމައިފި
މާލޭ ކަސްޓޯޑިއަލްއަށް ޑްރަގް ވައްދަން އުޅުނުކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި
އަނަސްގެ މަރުގެ މައްސަލައިގެ ކުށް ސާބިތުނުވި އެންމެންގެ ބައި އިސްތިއުނާފުކޮށްފި
ކޯޓުގައި ނަބީލް ބުނީ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ވީޑިއޯ އާންމުކުރަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށް
ޖިހާދުގެ ކޮރަޕްޝަން މައްސަލަ ކޯޓުގައި އޮއްވައި، ސަރުކާރުން އުފެއްދި މާލީ އިދާރާއެއްގެ ޗެއަރއަކަށް އޭނާ އައްޔަންކޮށްފި
އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި ވީޑިއޯ އާންމުކުރަމުންދިޔަ ނަބީލްގެ ބަންދަށް 15 ދުވަސް