Advertisement
ކ. މާލެ
|
6 ޑިސެންބަރ 2025 | ހޮނިހިރު 12:14
ކްރައިމް ސީންއެއްގެ ތަހުގީގު ކުރިއަށް ގެންދަނީ - ފައިލް ފޮޓޯ
ކްރައިމް ސީންއެއްގެ ތަހުގީގު ކުރިއަށް ގެންދަނީ - ފައިލް ފޮޓޯ
އަބުދުﷲ ނަސީރު އިބްރާހިމް
ކްރިމިނަލް ކޯޓް
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ މާލެ، މ.ނިއުބްދޫ، 24 އަހަރުގެ އަލީ މުއައްޒަމް
އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ފެންނަ ކަމަށް ބުނެފައިވޭ

މާލޭގައި ގެއެއްގެ އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން ބިރު ދައްކައި މީހަކަށް ހަމަލާ ދިން މައްސަލާ ގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ މާލެ، މ.ނިއުބްދޫ، 24 އަހަރުގެ އަލީ މުއައްޒަމް އެވެ.

ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި މައްސަލާގެ ތުހުމަތުގައި ހައްޔަރު ކުރި މުއައްޒަމްގެ ބަންދަށް 5 ދުވަސް ޖަހާފައިވާ ކަމަށެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 10 ޑިސެންބަރު 2025 ށެވެ.

ބަންދުގައި ބެހެއްޓުމަށް އަމުރު ކުރި ސަބަބުގެ ގޮތުގައި ބުނެފައިވަނީ ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށެވެ.

އެގޮތުން ހުށަހެޅިފައިވާ ބަޔާންތަކާ އަނިޔާ ލިބުނު ފަރާތުގެ ފޮޓޯތަކުން އެނގޭގޮތުގައި އަނިޔާ ލިބުނު ފަރާތުގެ އެޕާޓްމަންޓަށް ވަދެ ތޫނު އެއްޗަކުން އަނިޔާ ލިބުނު ފަރާތަށް ހަމަލާދީފައިވާކަން އެނގޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. އަދި ތޫނު އެއްޗަކުން މީހަކަށް އަނިޔާ ދީފައިވާ ގޮތަށް ބަލާއިރު، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ފެންނަ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް