ކ. މާލެ
|
5 ޑިސެންބަރ 2023 | އަންގާރަ 04:11
ރެއާލަށް ކުޅެމުން އަންނަ ޑެނީ ކާވަހާލް
ރެއާލަށް ކުޅެމުން އަންނަ ޑެނީ ކާވަހާލް
ރޮއިޓާސް
ރެއާލް މެޑްރިޑު
ރެއާލްގެ ކާވަހާލް އަށް އަނިޔާވެ ކުޅުމާ ދުރަށް
 
އަނިޔާގެ ސަބަބުން މިއަހަރުގެ ބާކީ ބައިގައި އޭނާ އަށް ނުކުޅެވޭނެ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޑިފެންޑަރު ޑެނީ ކާވަހާލް އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ކާވަހާލް އަށް އަނިޔާވެފައި ވަނީ ސްޕެނިޝް ލީގުގައި އެންމެ ފަހުން ރެއާލުން ގްރަނާޑާ އަތުން މޮޅުވި މެޗުގަ އެވެ. ކާވަހާލަށް ލިބުނު އަނިޔާގެ ސަބަބުން މެޗުގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ. އެއަށްފަހު ރެއާލްގެ މެޑިކަލް ޓީމުން ވަނީ އޭނާގެ އިތުރު ޓެސްޓުތައް ކުރިއަށް ގެންގޮސްފަ އެވެ.

ރެއާލުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ރެއާލްގެ މެޑިކަލް ޓީމުން ކުރިއަށް ގެންދިޔަ ޓެސްޓުތަކުން ދައްކާ ގޮތުގައި ކާވަހާލްގެ ވާއަތު ފައިގެ މަސް ގަނޑަށް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާގެ ސަބަބުން މިއަހަރުގެ ބާކީ ބައިގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް މީޑިއާތަކުން ވަނީ ބުނެފަ އެވެ. އަނިޔާ އިން ރަނގަޅުވެ، ކާވަހާލަށް އަލުން އަނބުރާ ކުޅުމުގެ ތެެރެއަށް އާދެވޭނެ ކަމަށް ލަފާ ކުރެވެނީ ތިނެއް ނުވަތަ ހަތަރު ހަފުތާ ފަހުންނެވެ. އޭނާ އަށް ދެން އެންމެ އަވަހަށް ކުޅެވޭނީ ސްޕެނިޝް ސުޕަ ކަޕްގެ މެޗުތައް ކަމަަށް ވެސް ބެލެވެ އެވެ.

އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ އަށް އަނިޔާވުމުން، މިވަގުތު ރެއާލްގައި އަނިޔާގެ މައްސަލަ ބޮޑުވާނެ އެވެ. އޭނާގެ އިތުރުން، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބި އެ ޓީމުގެ ކުޅުންތެރިންނަކީ، ލޫކާ މޮޑްރިޗް، އެޑުއާޑޯ ކަމަވިންގާ، ވިނީޝިއުސް ޖޫނިއާ، އައުރެލިއަން ޗުއަމިނީ، އެޑާ މިލިޓާއޯ އަދި އެއް ނަންބަރު ގޯލު ކީޕަރު ތިބައޫ ކޯޓުއާ އެވެ. މި ކުޅުންތެރިން ނެތް ނަމަވެސް ރެއާލް އިން އަންނަނީ ރަނގަޅަށް ކުޅެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް