ކ. މާލެ
|
4 ޑިސެންބަރ 2023 | ހޯމަ 13:14
ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް
ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް
ރައްޔިތުންގެ މަޖިލިސް
ހއ.ގައި ފަތުރުވެރިކަން ތަރައްޤީކުރުން
މެދަފުށީގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ތިން ފަހަރު އިއުލާންކުރި، އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވޭ: ޑރ.މައުސޫމް
 
ހޯރަފުށި އުލިގަން، އުތީމު، ވަށަފަރު، ކެލާގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެވިފައިވޭ
 
ހއ.އަލިދުއްފަރުފިނޮޅު ވެސް ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ވަނީ އެވޯޑު ކުރެވިފައި

ހއ.މެދަފުށީގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ތިން ފަހަރު އިއުލާން ކުރެވުނު ނަމަވެސް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޑރ. މައުސޫމް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ލިޔުމުން ހުށަހެޅުއްވި ސުވާލުގެ ޖަވާބު މަޖިލީހުގެ އަމީންއާންމު މަޖިލީހުގައި އިއްވެވީ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ޖަލްސާގައެވެ.

މައުސޫމް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ރިސޯޓެއްގެ ގޮތުގައި ހިންގަމުންދަނީ 174 އެނދުގެ ތިލަދުންމަތީ އުތުރުބުރީ ހއ.މަނަފަރު އަދި 272 އެނދުގެ ހއ.ދޮނަކުޅި ކަމަށެވެ. މީގެ އިތުރުން ހއ. ވެލިފިނޮޅު ފަތުރުވެރިކަން ތަރައްޤީ ކުރުމަށް 2021 ވަނަ އަހަރު ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރެވިފައިވާތީ މިއަހަރުގެ ޖެނުއަރީ މަހު އިއުލާން ކުރެވުނު ބީލަމުގެ ދަށުން ހއ.އަލިދުއްފަރުފިނޮޅު ވެސް ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އިއުލާން ކުރެވިފައިވާ ކަމަށެވެ. އަދި ހއ.މެދަފުށި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ތިން ފަހަރު އިއުލާން ކުރެވުނު ނަމަވެސް އެއްވެސް ފަރާތަކުން މިރަށަށް ބީލަން ހުށަހަޅާފައިނުވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތްތަކަށް އިޝާރާތްކުރައްވައި ޑރ. މައުސޫމް ވިދާޅުވީ ހއ.ހޯރަފުށި އުލިގަން، އުތީމު، ވަށަފަރު އަދި ކެލާގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ބިންތައް ކުއްޔަށް ދިނުމުގައި އެ ކައުންސިލްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކްރޮސް ސަބްސިޑީގެ ދަށުން ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ފަތުރުވެރިކަން ފުޅާވެފައިނުވާ ސަރަހައްދުތަކުން ރަށްރަށާއި ބިންބިން ދޫކުރުމަށް މިނިސްޓްރީން ޚާއްސަ އިސްކަމެއްދޭ ކަމަށެވެ. އެގޮތުން މިފަދަ ސަރަހައްދުތަކަށް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ޚާއްސަ އިކުއިޒިޝަން ކޯސްޓްތަކެއް ކަނޑައަޅާފައިވާ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށް ޕްލޭންކޮށް ސްޓްރެޓެޖިކަލީ ކުރަމުން އަންނަ މުހިންމު ކަންކަމުގެ ތެރެއިން ރާއްޖެއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ހޯދުމަށް ފޯރަމްތަކާއި ސެމިނާތައް އިންތިޒާމްކޮށް ވަނީ ބޭއްވިފައި. އެގޮތުން 2021 ވަނަ އަހަރު އިންޑިއާގެ މުމްބާއީގައި ބޭއްވުނު އައުޓްބައުންޑް ޓްރެވަލް މާކެޓް (އޯޓީއެމް)ގައި މިނިސްޓްރީގެ މުވައްޒަފުންނާއެކު ހއ.އަތޮޅު ރަށު ކައުންސިލްތަކުން ބައިވެރިވެފައިވޭ
ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޑރ. މައުސޫމް ވިދާޅުވީ މިފަދަ ބައްދަލުވުންތަކުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހުރި އިންވެސްޓްމަންޓްގެ ތަފްސީލާއި، އިންވެސްޓް ކުރުމުގެ ލުއިތަކާއި ފައިދާތައް އިންވެސްޓަރުންނަށް ހިއްސާކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް