ކ. މާލެ
|
3 ޑިސެންބަރ 2023 | އާދީއްތަ 14:23
އިސްރާއީލުން ޖެނިންގައި ކުރިއަށްގެންދިޔަ ރެއިޑެއްގެ ތެރޭގައި ގެއްލުންދީފައިވާ އިމާރާތެއް
އިސްރާއީލުން ޖެނިންގައި ކުރިއަށްގެންދިޔަ ރެއިޑެއްގެ ތެރޭގައި ގެއްލުންދީފައިވާ އިމާރާތެއް
ރޮއިޓާސް
ވެސްޓްބޭންކުގައި ހިންގާ އޮޕަރޭޝަންތައް
ހޮނިހިރު ދުވަހުގެރޭ ވެސްޓް ބޭންކުން 60ށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި
އޮކްޓޫބަރު 7ން ފެށިގެން، އިިސްރާއީލުން ވެސްޓް ބޭންކުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހައްޔަރުކުރި ފަލަސްތީން ރައްޔިތުންގެ އަދަދު 3،000ށް ވުރެ މައްޗަށް އަރައި
ހޮނިހިރު ދުވަހުގެ ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި މަދުވެގެން ހަތަރު އަންހެނުން ހިމެނޭ
މި ރެއިޑްތައް ހިންގާފައި ވަނީ ހިބްރޫން، ބެތުލުހަމް، ޖެރިކޯ، ރަމަﷲ، ނަބްލުސް އަދި ޖެނިންގައި

ހޮނިހިރު ދުވަހުގެރޭ އިސްރާއީލުން ވެސްޓް ބޭންކުގައި ހިންގި ރެއިޑްތަކުގައި 60ށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

ޕަލެސްޓައިން ޕްރިޒަނަރސް ސޮސައިޓީއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުން، އިސްރާއީލް އަސްކަރިއްޔާއިން ހޮނިހިރު ދުވަހުގެރޭ، ވެސްޓް ބޭންކުގައި ހިންގި ރެއިޑްތަކުގެ ތެރެއިން ހައްޔަރުކުރި މީހުންގެ އަދަދު 60ން މައްޗަށް އަރައެވެ.

ފަލަސްތީންގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން، ހޮނިހިރު ދުވަހުގެރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި މަދުވެގެން ހަތަރު އަންހެނުން ހިމެނެއެވެ.

އިސްރާއީލުން މި ރެއިޑްތައް ހިންގާފައި ވަނީ ހިބްރޫން، ބެތުލުހަމް، ޖެރިކޯ، ރަމަﷲ، ނަބްލުސް އަދި ޖެނިންގައެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން، އިިސްރާއީލުން ވެސްޓް ބޭންކުގައި ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ހައްޔަރުކުރި ފަލަސްތީން ރައްޔިތުންގެ އަދަދު 3،000ށް ވުރެ މައްޗަށް އަރައެވެ.

ޣައްޒާއަށް ދެމުންދާ ހަމަލާތައް 24 ނޮވެމްބަރުން ފެށިގެން 30 ނޮވެމްބަރަށް މެދުކަނޑާލާ، ހަމާސްއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ ރައްޔިތުންގެ ތެރެއިން މަދު ބައެއް އިސްރާއީލުން މިނިވަންކުރި ނަމަވެސް، ހަމަ އެ އަދަދަށް އިސްރާއީލުން ވަނީ ވެސްޓް ބޭންކުން މީހުން ހައްޔަރުކޮށްފައެވެ. އަދި މިނިވަންކުރި މީހުން އަލުން ހައްޔަރު ނުކުރާނެ ކަމުގެ ޔަގީންކަމެއް ވެސް އިސްރާއީލުން ދީފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް