Advertisement
ކ. މާލެ
|
2 ޑިސެންބަރ 2023 | ހޮނިހިރު 23:00
ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
ރައީސް އޮފީސް
އެގްރިކަލްޗަރ މިނިސްޓްރީ
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން، ވަގުތީގޮތުން ޑިފެންސް މިނިސްޓަރާ ހަވާލުކުރައްވައިފި
އެގްރިކަލްޗަރ މިނިސްޓަރު ވަޑައިގަންނަވަންދެން ޑިފެންސް މިނިސްޓަރު މި މި މިނިސްޓްރީ ބަލަހައްޓަވާނެ
މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީ ކެންސަރުގެ އާލާސްކަންފުޅާ ގުޅިގެން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީގޮތުން މިނިސްޓަރ އޮފް ޑިފެންސް މުހައްމަދު ޣައްސާން މައުމޫނާ ހަވާލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން މިނިސްޓަރ އޮފް ޑިފެންސާ ހަވާލުކުރައްވާފައި މި ވަނީ، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑޮކްޓަރ އާއިޝަތު ރަމީލާ، ނޮވެމްބަރު 23ގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ، އެ ކަމަނާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެންނެވެ.

Advertisement

އެގްރިކަލްޗަރ މިނިސްޓަރ ޑރ. އައިޝަތު ރަމީލާ ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ ކެންސަރުގެ އާލާސްކަންފުޅާ ގުޅިގެންނެވެ. ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ރަމީލާ ވިދާޅުވެފައިވަނީ، ކެންސަރު ޖެހިފައިވާތީ ކީމޯއާއި ރޭޑިއޭޝަންގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ނިންމާފައިވާކަމަށެވެ. އަދި ބަލި ހުރިކަން އެނގިވަޑައިގަތީ ކެންސަރުގެ އެންމެ ފަހު ސްޓޭޖުގައި ހުއްޓައި ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް