ކ. މާލެ
|
29 ޑިސެންބަރ 2023 | ހުކުރު 13:21
ޑިފެންސްގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް އައްޔަންކުރި ސަފާ
ޑިފެންސްގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް އައްޔަންކުރި ސަފާ
ސޯޝަލްމީޑިއާ
ސަފާއަށް މަގާމުދިން ޕޯސްޓު ޑިލިޓްކުރުން
ޑިފެންސްގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް އައްޔަންކުރި ސަފާއަށް އާންމުން ފާޑުކިއުމުން މަގާމު ދިންކަމަށް ކުރި ޕޯސްޓް ޑިލީޓްކޮށްފި
މިނިސްޓްރީގެ ރަސްމީ އެކައުންޓުން ކޮށްފައިވާ ޕޯސްޓެއް ޑިލިޓް ކުރެވިގެން ނުވާނެ
އެޕޯސްޓް ޑިލިޓް ކުރީ ކީއްވެގެންކަން ކާކު އަންގައިގެން ސާފުނުވޭ
ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި

ޑިފެންސް މިނިސްޓްރީގެ ސިޔާސީ މަގާމަކަށް އިސްޓަގްރާމް މޮޑެލްގެ ގޮތުގައި މަޝްހޫރު ފަރާތެއް އައްޔަންކުރުމާއި ގުޅިގެން ފާޑުކިޔުން އަމާޒުވުމުން އެކަން އިއުލާނުކޮށް ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓް ޑިލިޓް ކޮށްފިއެވެ.

މި ޕޯސްޓް ޑިލިޓް ކުރުމާއި ގުޅިގެން ރާއްޖެއެމްވީއަށް ޑިފެންސް މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ މިނިސްޓްރީގެ ރަސްމީ އެކައުންޓުން ކޮށްފައިވާ ޕޯސްޓެއް ޑިލިޓް ކުރެވިގެން ނުވާނެ ކަމަށެވެ. އަދި އެޕޯސްޓް ޑިލިޓް ކުރީ ކީއްވެގެންކަން ކާކު އަންގައިގެން ސާފުނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ޕޯސްޓު މިހާރު ވަނީ ޑިލިޓްކޮށްލާފައި

އިންސްޓަގްރާމް މޮޑެލްގެ ގޮތުގައި މަޝްހޫރު ފަރާތަކަށް ޑިފެންސްގެ މަގާމެއް އައްޔަން ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިފަދަ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންގެ ތައުލީމީ ފެންވަރު އާއްމު ކުރުމަށް ވެސް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ގޮވާލާފައިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑިފެންސް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް ފާތިމަތު ސަފާ އަހުމަދު އައްޔަން ކުރެއްވުމާއި ގުޅިގެން އެމިނިސްޓްރީން ވަނީ އެކްސްގައި މަރުހަބާ ދަންނަވާ ޕޯސްޓެއް ކޮށްފައެވެ. ނަމަވެސް މިހާރު އެޕޯސްޓު ވަނީ ޑިލިޓްކޮށްލާފައެވެ.

- ކޮމެންޓް