ކ. މާލެ
|
2 ޑިސެންބަރ 2023 | ހޮނިހިރު 13:28
ޖޯޖް ފްލޮއިޑް މަރާލުމުގެ ޙާދިސާގެ ތެރެއިން
ޖޯޖް ފްލޮއިޑް މަރާލުމުގެ ޙާދިސާގެ ތެރެއިން
ސޯޝަލް މީޑިއާ
ޖޯޖް ފްލޮއިޑްގެ މަރު
ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ފުލުސް އޮފިސަރަށް ޙަމަލާދިން ޤައިދީއަށް ދައުވާކޮށްފި
އޭނާ ވަނީ 22 ފަހަރު ޑެރެކް ގަޔަށް ވަޅި ހަރާފައި
ޑެރެކްއަށް ޙަމަލާ ދީފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެއް

 އެމެރިކާގައި މަރާލި ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގައި ހިމެނޭ ޑެރެކް ޗައުވިންއަށް ޖަލުން ޙަމަލާދިން މީހަކަށް ދައުވާކޮށްފިއެވެ.

މި މައްސަލައިގައި 2021 ވަނަ އަހަރުގެ އޭޕްރިލް މަހު ޑެރެކް ޗައުވިންއަށް އިއްވާފައިވަނީ 22 އަހަރާއި ހަ މަހުގެ ޖަލު ހުކެމެކެވެ.

އޭނާ ޖަލު ޙުކުމުގައި ހުއްޓައި ޖަލުގައި ހުރި އެހެން ޤައިދީއަކު ވަނީ އޭނާއަށް ވަޅިން ޙަމަލާދީފައެވެ. އެގޮތުން ޑެރެކްއަށް ޙަމަލާ ދީފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެެވެ.

އޭނާ ވަނީ 22 ފަހަރު ޑެރެކް ގަޔަށް ވަޅި ހަރާފައެވެ. ކަރެކްޝަންސްގެ އޮފިސަރުން ނައިނަމަ، އޭނާގެ ފުރާނަ ދުއްވާލާނެކަމަށް އެމީހާ ވަނީ ބުނެފައެވެ.

އޭނާގެ މައްޗަށް މިހާރު ވަނީ މީހަކު މަރާލުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާއާއި އަދިވެސް އިތުރު ދައުވާތަކެއް އުފުލާފައެވެ.

- ކޮމެންޓް