ޝަރީއަތުގެ މަރުހަލާގައި އިލެކްޓްރޯނިކް އެވިޑެންސް ބޭނުންކުރާނެ ގޮތާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
2023 ނޮވެމްބަރު 29 ގައި މި ބައްދަލުވުން ބާއްވާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެންނެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ މި ބައްދަލުވުމުގައި ހައިކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން އަދި ކްރިމިނަލް ކޯޓުގެ ޤާޟީންނާއި މުވައްޒަފުން އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުން ހިމެނޭހެން ޖުމްލަ 55 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މި ބައްދަލުވުމުގައި މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށް ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.