ކ. މާލެ
|
1 ޑިސެންބަރ 2023 | ހުކުރު 07:42
ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުނި ފާމިކްސް ލެބޯޓްރީސް ލާހޫރު ޕްރައިވެޓް ލިމިޓެޑު
ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުނި ފާމިކްސް ލެބޯޓްރީސް ލާހޫރު ޕްރައިވެޓް ލިމިޓެޑު
ފާމިކްސް ލެބް
ފާމިކްސް ކުންފުނީގެ ބޭސް މަނާކުރުން
ކެމިކަލް ހުރުމުން ފާމިކްސް ކުންފުނިން އުފައްދާ އެއްވެސް ބޭހެއް ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި
 
ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ހުއްދަ މިކުންފުނީގެ 27 ބޭހަކަށް އޮވޭ

ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުނި ފާމިކްސް ލެބޯޓްރީސް ލާހޫރު ޕްރައިވެޓް ލިމިޓެޑުން އުފައްދާ ބައެއް ދިޔާ ބޭސްތަކުގައި ކެމިކަލް މާއްދާ ފެނިފައިވާތީ އެ ކުންފުނީގެ ބޭސް ރާއްޖޭގައި ބޭނުންކުރުން ވަގުތީ ގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ބުނީ ފާމިކްސް އިން އުފައްދާ ބައެއް ދިޔާ ބޭސްތަކުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ފެނިފައިވާތީއާއި ދުނިޔޭގެ އެކި ގައުމުތަކުން ވެސް އެ ކުންފުނީގެ ތަފާތު ބޭސް ތަކުން މި މާއްދާތައް ފެނިފައިވާތީ އެ ކުންފުނި ވަގުތީ ގޮތުން މަނާކުރުމަށް ނިންމާފައިވާކަމަށެވެ. އެންމެ ފުރަތަމަ އެމްއެފްޑީއޭއިން މަނާކުރީ ހަމައެކަނި ދިޔާ ބޭސްތަކެވެ. ނަމަވެސް ފަހުން އެއޮތޯރިޓީން ވަނީ އެ ކުންފުނިން އުފައްދާ ހުރިހާ ބޭސްތަކެއް މަނާކޮށްފައެވެ.

Advertisement

އެގޮތުން މިހާރު އެޕްރޫވްޑް ޑްރަގް ލިސްޓު، ނުވަތަ ރާއްޖެ އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ބޭސް ލިސްޓުގައި ހިމެނޭ ފާމިކްސް ކުންފުނީގެ ބޭސްތައް ވަނީ މަނާކޮށްފައެވެ. ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ހުއްދަ އެ ކުންފުނީގެ 27 ބޭހަކަށް އޮވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
1 ޑިސެންބަރ 2023 | ހުކުރު 08:23
ކޯލްއައިޑީ
ރައްޖެޔައް އިންޑިޔާޕާކިސްތާނު ބޭސް އެތެރެކުރުން ހުއްޓާލާފަ ތުރުކީ ޖަޕާނު ތައިލެންޑް ޖަރުމަނު ފަދަ ގައުމު ތަކުން އުފައްދާބޭސް އެތެރެކުރަންފެނޭ