ކ. މާލެ
|
6 ސެޕްޓެންބަރ 2024 | ހުކުރު 21:43
ގޭގައި ތައްޔާރު ކޮށްފައިވާ މަސްރޮށި - ވިޔަރާރި އުސޫލުން ގޭގައި ކާބޯތަކެތި ހަދާ ނަމަ އަމަލު ކުރަން ޖެހޭ ހަރުކަށި އުސޫލްތަކެއް ސަރުކާރުން ވަނީ ހަދާފައި
ގޭގައި ތައްޔާރު ކޮށްފައިވާ މަސްރޮށި - ވިޔަރާރި އުސޫލުން ގޭގައި ކާބޯތަކެތި ހަދާ ނަމަ އަމަލު ކުރަން ޖެހޭ ހަރުކަށި އުސޫލްތަކެއް ސަރުކާރުން ވަނީ ހަދާފައި
ރާއްޖެއެމްވީ
ގޭގައި ކާބޯތަކެތި އުފެއްދުން
ވިޔަފާރީގެ އުޞޫލުން ގޭގައި ކާބޯތަކެތި އުފައްދާ މީހުން ދަފްތަރުވުމަށް ބީސީސީން ނެރުނު އުޞޫލު ބާޠިލުކޮށްފި
ގޭގައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީގޮތުގެ މިންގަނޑު އެމްއެފްޑީއޭ އިން ނެރުމާ ގުޅިގެން ބީސީސީ އިން ނެެރެފައިވާ ދަފްތަރު ވުމުގެ އުސޫލް ބާތިލް ކުރީ ކަމަށް ބުނޭ

އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފްތަރުވުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ނެރުނު އުޞޫލު ބާތިލުކޮށްފިއެވެ. މިކަމާ ގުޅޭގޮތުން ބީސީސީން ބުރާސްފަތި ދުވަހު ގެޒެޓްގައި ޝާއިޢުކުރި އިޢުލާނެއްގައި ބުނެފައިވަނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީގޮތުގެ މިންގަނޑު" އާންމުކޮށް އެ އުސޫލަށް އަމަލު ކުރަން ފެށުމާ ގުޅިގެން ބީސީސީން އާންމު ކޮށްފައިވާ "އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރުވުމުގެ އުސޫލު" ބާތިލް ކުރީ ކަމުގައެވެ.

އެމްއެފްޑީއޭ އިން އަލަށް ކަނޑައަޅާފައިވާ މިންގަނޑުގައި، ވިޔަފާރި އުސޫލުން ގޭގައި ކާބޯތަކެތި ތައްޔާރު ކުރާ ފަރާތްތަކުން އަމަލު ކުރަންޖެހޭ ހަރުކަށި އުސޫލްތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ތަމްރީން ފުރިހަމަ ކުރުމާއި، ބަދިގޭގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ އިތުރުން ހިފައި ގެންގުޅޭ ސާމާނާއި އާލަތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކާއި، ކާބޯތަކެތި އުފުލުމާއި، ގެންގުޅުމާއި، ރައްކައު ކުރުމާއި، ކާބޯތަކެތި ތައްޔާރު ކުރާ މީހުން އަމަލު ކުރަން ޖެހޭ ކަންކަން ވެސް ހިމަނާފައިވެއެވެ. ވިޔަފާރީގެ އުޞޫލުން ގޭގައި ކާބޯތަކެތި ތައްޔާރުކުރާނަމަ މިހާރު އެކަމުގެ މަޢުލޫމާތު އީފާސް މެދުވެރިކޮށް "ދިރިތި" ޕޯޓަލް އަށް ހުށަހަޅަން ޖެހެއެވެ.

- ކޮމެންޓް