ހަފްތާ ބަންދުގައި ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އުތުރުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި މިދެ ދުވަހުވެސް ދެކުނުގެ އަތޮޅުތަކަށް ގުގުރާނެކަމަށެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.