ކ. މާލެ
|
1 ޑިސެންބަރ 2023 | ހުކުރު 05:40
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ނައިބު މިނިސްޓަރުންނަށް އިތުބޭފުޅުން
މިނިސްޓަރުންގެ ނައިބުގެ މަގާމު އިތުރު 17 ބޭފުޅަކަށް
ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ވަނީ 49 ބޭފުޅަކު މަގާމުތަކަށް އައްޔަންކޮށްފައި
މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު މިވަނީ 61 އަށް އަރާފައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އެކި ވުޒާރާތަކުގެ މިނިސްޓަރުންގެ ނައިބުގެ މަގާމަށް އިތުރު ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ.

މިގޮތުން ޢައްޔަނުކުރެއްވި ބޭފުޅުންނަކީ؛

 

  1. މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބު- އިބްރާހީމް ޝާޒް ޙަބީބު، ހ. ޖާވާ
  2. މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބު- އަމާނީ މުޙައްމަދު، މަތިމަރަދޫ. ރޯޒީސައިޑް، ލ.ގަން
  3. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު- އާމިނަތު ނާޡިމާ، ހ. ފައިންޕާރކް
  4. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު- އާމިނަތު މާރިޔާ، މ. ހަވާއީ
  5. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު- ޝަޖާޙު ފިރާޤު، ސައުދީމަންޒިލް، ހއ. ބާރަށް
  6. މިނިސްޓަރ އޮފް ހެލްތުގެ ނައިބު- ޢަލީ ނާޞިރު، ހަވާސާ، ލ. މާބައިދޫ
  7. މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބު- ނާޝިމާ ޢަބްދުއްލަޠީފް، މ. ލައިޓުޝެޑޯވ
  8. މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބު- އިބްރާހީމް ސުޢޫދު، ބޮޑުކެކުރިމާގެ، ހއ. ބާރަށް
  9. މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބު- އަޝްހަދު ސަޢީދު، އަބުގަސްދޮށުގެ، ގއ. ދެއްވަދޫ
  10. މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބު- ޙަޞްމާ ޙަސަންމަނިކު، ދެރަހަ، ގދ. ހޯނޑެއްދޫ
  11. މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބު- އާމިނަތު ނަމްޒާ، މ. ހަނީކޯމްބް
  12. މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބު- އާމިނަތު އިސްމާޢީލް، މ. ޗާލޮޓް
  13. މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނައިބު- އަޒުހަރު ޢަބްދުﷲ ސަޢީދު، ސީނާޒް، ގދ. މަޑަވެލި
  14. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ނައިބު- އިބްރާހީމް ޔާސިރު، ވ. އެލަމް
  15. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ނައިބު- އާމިނަތު ޝަޝީ، މ. ހާފުސް
  16. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބު، މަރްޔަމް ޝިއުނާ، ހުޅުމާލެ. ފްލެޓް 02-3-160
  17. މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނައިބު- އިބްރާހީމް ފަޔާޟް، މ. މެރީޑްރީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ސަރުކާރުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޑެޕިއުޓީ މިނިސްޓަރުންނަށް ބޭފުޅުން އައްޔަން ކޮށްފައިވާއިރު، ރައީސް އޮފީހުން އެންމެފަހުން އާންމުކުރި ލިސްޓާ އެކު، މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު މިވަނީ 61 އަށް އަރާފައެވެ.

ފުރަތަމަ ބުރުގައި ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަންކުރީ 20 ބޭފުޅެކެވެ. ދެ ވަނަ ބުރުގައި 26 ބޭފުޅެކެވެ. އަދި އިތުރު 17 ބޭފުޅަކަށް ޑެޕިޔުޓީ މިނިސްޓަރުކަން މިވަނީ ދީފައެވެ.

ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ވަނީ 49 ބޭފުޅަކު މަގާމުތަކަށް އައްޔަންކޮށްފައެވެ.

ރައީސް ޑރ. މުއިއްޒުގެ ފަރާތްޕުޅުން އިންތިގާލީ މަރުހަލާގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެފައި ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ނިންމާފައިވާ ކަމަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދަކީ 1063 އެވެ. އޭގެކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި 808 މުވައްޒަފުން ތިއްބެވެ.

- ކޮމެންޓް