ކ. މާލެ
|
28 ނޮވެންބަރ 2023 | އަންގާރަ 22:56
ނޫސްވެރިޔާ ރިލްވާނުގެ މަރުގެ މައްސަލާގައި އިންސާފު ލިބުން ލަސްވުމާ ގުޅިގެން ބޭއްވި އެއްވުމެއްގެ ތެރެއިން
ނޫސްވެރިޔާ ރިލްވާނުގެ މަރުގެ މައްސަލާގައި އިންސާފު ލިބުން ލަސްވުމާ ގުޅިގެން ބޭއްވި އެއްވުމެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ނޫސްވެރިންނާ ދެކޮޅަށް ހިންގި ކުށްތައް
ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި
 
މިކަމުގައި އިހުމާލުވި އިދާރާތަކަށް ފިޔަވަޅުއެޅުމަށް އެ ބަޔާނުގައި ގޮވާލާފައިވޭ

ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ބޮޑެތި ކުށްތަކުގެ ތަހުގީގުގެ މައްސަލަ އަވަސްކޮށް، އަދި މިހާރު ބަލައި ނިންމާފައިވާ މައްސަލަތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް (ރާއްޖެ ހިމެނޭހެން) ބައިނަލްއަގުވާމީ ހަ ޖަމިއްޔާއަކުން ގޮވާލައިފިއެވެ.

ރާއްޖޭގެ ތިން ޖަމިއްޔާއަކާއެކު ބައިނަލްއަގުވާމީ ތިން ޖަމިއްޔާއެއް ގުޅިގެން އަންގާރަ ދުވަހު ނެރުނު މި ބަޔާނުގައި ވަނީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އެކުލަވައިލި ރިޔާސީ ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގުތަކުގެ ފުރިހަމަ ރިޕޯޓުތައް އާންމުކޮށް، އެ ކަމުގައި އިހުމާލުވާ ދައުލަތުގެ އިދާރާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މި ސަރުކާރަށް ގޮވާލާފައެވެ.

އެ ޖަމިއްޔާތަކަކީ؛ ހިއުމަން ރައިޓްސް ވޮޗް, ރިޕޯޓަރސް ވިތައުޓް ބޯޑަރސް, އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސް، ޓްރާންސްޕޭރެންސީ މޯލްޑިވްސް, މޯލްޑިވްސް ޖަރނަލިސްޓްސް އެސޯސިއޭޝަން އަދި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސްއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ގެއްލުވާލި ކަމަށް ބުނާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އިތުރުން، މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަތަކަށް އިޝާރާތް ކުރަމުން އެ ޖަމިއްޔާތަކުން ވަނީ މައިގަނޑު ހަތަރު ކަމަކަށް އެދިފައެވެ. އޭގެތެރޭގައި ފުރަތަމަ ކަމަކަށް ތަހުގީގީ ރިޕޯޓުތައް އާންމުކުރުން ހިމެނޭއިރު، ތަހުގީގީ މަރުހަލާ ހަލުއިކަމާއެކު ފުރިހަމަކޮށް، އެ މައްސަލަތަކުގައި ދައުވާކުރަންޖެހޭ ފަރާތްތަކާ ދެކޮޅަށް ދައުވާކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، އެ މައްސަލަތަކުގައި އިހުމާލުވެފައިވާ އެކި އިދާރާތަކުގެ އެކި ފަރާތްތަކަށް ފިޔަވަޅު އެޅުމާއެކު، އެ މައްސަލަތައް ކޯޓުން ނިންމި ނިންމުންތައް އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބުތައްވެސް އާންމުކުރުމަށް ވަނީ އެދިފައެވެ.

އެގޮތުން ނޫސްވެރިޔާ ޔާމީނާއި ރިލްވާނުގެ މަރާ ގުޅިގެން ދައުވާ އުފުލާވައިފާ ފަރާތްތަކުގެ ދައުވާތައް މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ބޭރުކޮށްލުމަކީ އެ ޖަމިއްޔާތަކުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓް