ކ. މާލެ
|
28 ނޮވެންބަރ 2023 | އަންގާރަ 18:37
އާސިފް، ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކުރި މުޒާހަރާއެއްގެ ތެރެއިން
އާސިފް، ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކުރި މުޒާހަރާއެއްގެ ތެރެއިން
ފޭސްބުކް
ޔާމީނަށް ފިޔަވަޅު އެޅުން
އިޤުރާރުގެ ނަމުގައި ގޯސް ހަދަން އުޅޭނަމަ ވަގުތުން އިހުތިޖާޖު ފަށާނެ: އާސިފް
 
ޔާމީން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އޮފީހަކަށް ވަޑައިގެންނެވި މައްސަލަ ކަރެކްޝަނުން އަންނަނީ ބަލަމުން
 
މި ހަފުތާގެ ތެރޭގައި ޔާމީނާމެދު އަޅާނެ ފިޔަވަޅަކާ ގުޅޭގޮތުން ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ކަމަށް އާސިފް ވިދާޅުވި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާ ދެމެދު ވެފައިވާ އިޤުރާރުގެ ނަމުގައި ސަރުކާރުން ގޯސް ހަދަން އުޅޭނަމަ އެމަނިކުފާނުގެ ސަޕޯޓަރުން އިހުތިޖާޖު ފަށާނެކަމަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ކުރިން ހުންނެވި އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި އަންގާރަ ދުވަހު ކުރެއްވި ޕޯސްޓެއްގައި އޭނާ މިފަދައިން ވިދާޅުވީ ޔާމީން، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އޮފީހަކަށް ވަޑައިގެންނެވި މައްސަލައިގައި ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އަޅާނެކަމަށް މޯލްޑިވްސް ކަރެކްޝަންސް ސަރވިސަސްއިން ބުނެފައިވަނިކޮށެވެ.

ޔާމީން އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ އޮފީހަށް އެމަނިކުފާނު ވަޑައިގެން، ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކާ ބައްދަލު ކުރެއްވުމުން، އެ މައްސަލަ ކަރެކްޝަންސްއިން ބަލަން ފަށާފައިވާ ކަމަށް އާސިފް ވިދާޅުވިއެވެ. އަދި އެ މައްސަލައާ ގުޅިގެން މި ހަފްތާ ތެރޭގައި އެމަނިކުފާނާމެދު އަޅާނެ ފިޔަވަޅަކާ ގުޅޭގޮތުން ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާސިފް ކުރެއްވި ޕޯސްޓުގައި ވަނީ އިޤުރާރުގެ ނަމުގައި ސަރުކާރުން ގޯސް ހަދަން ނޫޅުމަށް އެދިވަޑައިގެންފައެވެ. އަދި ގޯސް ހަދާނަމަ ޔާމީންގެ ސަޕޯޓަރުން މަގުމަތީގެ އިހުތިޖާޖުތައް އަލުން ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އާސިފް ވަނީ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ކުރިން މަސައްކަތް ކުރެއްވުމަށްފަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ. ނަމަވެސް އޭނާ ވަނީ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީއެންއެފް އަށް މިހާރު ސޮއި ކުރައްވާފައެވެ.

ޔާމީނުގެ ވެރިކަމުގައި ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ހުކުމް ތަންފީޒު ކުރަމުންގެންދާ މީހަކަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެފަދަ ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި، އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިނުވެވޭނެއެވެ. 

ކޮމެންޓް
30 ނޮވެންބަރ 2023 | ބުރާސްފަތި 13:14
މައުނު
އަސިއްޕެ ވިސްނަންވެޖެ ނޫންތޯ ޤާނޫނަށްވުރެ މަތީގައި ވަކި މީހަކަށް ނުހުރެވޭނެކަން.