ކ. މާލެ
|
28 ނޮވެންބަރ 2023 | އަންގާރަ 12:22
ޒަކާތް ބަލައިގަތުން
ޒަކާތް ބަލައިގަތުން
އިސްލާމިކް މިނިސްޓްރީ
ޒަކާތު ފަންޑު
2020 އަދި 2021 ވަނަ އަހަރު ޒަކާތު ފަންޑުން މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް 11.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ
 
2021 ވަނަ އަހަރު 180 ދަރިވަރުންނަށް ވަނީ ފައިސާ ދީފައި
 
ޒަކާތު ފަނޑުން 2020 ވަނަ އަހަރު 13 ދަރިވަރުންނަށް ފައިސާ ދީފައިވޭ

2020 އަދި 2021 ވަނަ އަހަރު ޒަކާތު ފަންޑުން މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް 11.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އެފަދައިން ބުނެފައި ވަނީ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަށް ކުރީގެ އިސްލާމިކް ޑރ. އަހުމަދު ޒާހިރު އަލީ ދެއްވާފައިވާ ޖަވާބުގައެވެ.

މި ސުވާލަކީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ދުވަހު ލިޔުމުން ޖަވާބު ހޯދުމަށް ކުރައްވާފައިވާ ސުވާލެކެވެ.

ޒަކާތު ފަންޑުން ކިޔަވާ ދަރިވަރުންނަށް ޚަރަދުކުރުމަށް ކަނޑައަޅާ ފައިސާ އެ ދަރިވަރުންނާއި ހަވާލުކުރާ ގޮތާއި ބެހޭ ގޮތުން މެންބަރު ވަނީ ސުވާލުކުރައްވާފައެވެ. އަދި އެ ފައިސާގެ ތަފްސީލްތަކަށް ވަނީ އެދިވަޑައިގެންފައެވެ.

ޖަވާބުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވަނީ ޒަކާތު ފަނޑުން 2020 ވަނަ އަހަރު 13 ދަރިވަރުންނަށް ފައިސާ ޒަކާތު ފަންޑުން ދީފައިވާކަމަށެވެ. އެ 13 ދަރިވަރުންނަށް ދީފައިވާ ފައިސާގެ ޖުމުލަ އަދަދަކީ 508،242.00 (ފައްސަތޭކަ އަށް ހާސް ދުއިސައްތަ ސާޅީސް ދެ ރުފިޔާ) އެވެ. އަދި 2021 ވަނަ އަހަރު 180 ދަރިވަރުންނަށް ވަނީ ފައިސާ ދީފައިވާކަމަށެވެ. އަދި އެ ދަރިވަރުންނަށް ދީފައިވަނީ 11،405،086.96 (އެގާރަ މިލިއަން ހަތަރު ސަތޭކަ ފަސްހާސް އަށްޑިހަ ހަ ރުފިޔާ ނުވަދިހަ ލާރި)އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަޖިލީހަށް ކުރިމަތިލި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ކައިރިވެފައިވާއިރު، 60ށް ވުރެ ގިނަ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅައިފި
ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި
މިއަދު ސިޔާސީ މަޤާމުތަކަށް އައްޔަނުކުރާ މީހުންގެ މައުލޫމާތަކީ ވަންހަނާ، ސިއްރު މައުލޫމާތު: މީކާއީލް
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަކީ މިވަގުތަށް ގެންނަންޖެހޭ މުހިއްމު ބަދަލެއް: މެންބަރު ނިޔާޒު
މިއަދު މަޖިލިސް ޖަލްސާ ކެންސަލް، ތަޅުމަށް ވަޑައިގެންނެވީ 10 މެންބަރުން
އިޒްރޭލުން ރަފާޙްގައި ޤަތުލުއާންމެއް ހިންގުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސަރުކާރަށް ގޮވާާލާ ކުއްލި މައްސަލައެއް