ކ. މާލެ
|
28 ނޮވެންބަރ 2023 | އަންގާރަ 13:38
އިސްރާއީލުން ވެސްޓް ބޭންކުގައި ކުރިއަށްގެންދާ ރެއިޑްތައް ހޯމަ ދުވަހުގެރޭ ވެސް ވަނީ ކުރިއަށްގެންގޮސްފައި
އިސްރާއީލުން ވެސްޓް ބޭންކުގައި ކުރިއަށްގެންދާ ރެއިޑްތައް ހޯމަ ދުވަހުގެރޭ ވެސް ވަނީ ކުރިއަށްގެންގޮސްފައި
ރޮއިޓާސް
ފަލަސްތީން-އިސްރާއީލް ހަނގުރާމަ
ރޭވެސް އިސްރާއީލުން ވެސްޓް ބޭންކްގައި ރެއިޑްތައް ކުރިއަށް ގެންގޮސްފި
މިރެއިޑްތަކުގައި އިސްރާއީލުގެ ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ ދެ ޒުވާނުންނަށް ވަނީ އަނިޔާވެފައި
ރޭގެ ރެއިޑުތަކުގައި އިސްރާއީލް ސިފައިން ވަނީ މިއަހަރުގެ އޮގަސްޓު މަހު އެމީހުން މަރާލި ފަލަސްތީނު މީހެއްގެ ގެ ވަށާލައި އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވެސް ފަށާފައި
އިއްޔެ އިސްރާއީލުން ބެއިތޫނިއާ އަވަށުގައި ކުރިއަށްގެންދިޔަ ރެއިޑެއްގައި އެކަކު މަރުވެ، އިތުރު މީހަކަށް އަނިޔާވެފައިވޭ

އިސްރާއީލުން ވެސްޓް ބޭންކުގައި ކުރިއަށްގެންދާ ރެއިޑްތައް ހޯމަ ދުވަހުގެރޭ ވެސް ކުރިއަށް ގެންގޮސްފިއެވެ.

ހޯމަ ދުވަހުގެރޭ އިސްރާއީލް ސިފައިން ރެއިޑްތައް ކުރިއަށް ގެންގޮސްފައި ވަނީ ވެސްޓް ބޭންކްގެ ރާމަﷲ ސިޓީގެ ހުޅަނގުގައި ހުންނަ ރެފިއުޖީ ކޭމްޕެއްގައެވެ.

މި ރެއިޑުތަކުގައި އިސްރާއީލް ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ ދެ ޒުވާނުންނަށް ވަނީ އަނިޔާވެފައެވެ. އިސްރާއީލް ސިފައިން ވަނީ އެ ދެމީހުންގެ ފަޔަށް ބަޑި ޖަހާފައެވެ.

ފަލަސްތީނުގެ ނޫހަކުން ރިޕޯޓުކޮށްފައިވާގޮތުން އިސްރާއީލް ސިފައިންނާއި ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުންދިޔަ ފަލަސްތީނުގެ ޒުވާނުންގެ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. މި ކުރިމަތިލުންތަކުގައި އިސްރާއީލް ސިފައިން ވަނީ ބަޑީގެ ހަމަލާތައް ދީފައެވެ.

މި ރެއިޑްތަކުގެ ތެރޭގައި އިސްރާއީލް ސިފައިން ވަނީ މި އަހަރުގެ އޮގަސްޓު މަހު އެމީހުން މަރާލި ފަލަސްތީނު މީހެއްގެ ގެ ވަށާލައި އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވެސް ފަށާފައެވެ. އަދި އެ ގެއާ ކައިރީގައި ދިރިއުޅެމުންދިޔަ މީހުންނަށް ވެސް އެއިމާރާތްތައް ދޫކޮށް ދިއުމަށް އަންގާމުންދިޔަކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އިއްޔެ އިސްރާއީލުން ބެއިތޫނިއާ އަވަށުގައި ކުރިއަށްގެންދިޔަ ރެއިޑެއްގައި އެކަކު މަރުވެ، އިތުރު މީހަކަށް އަނިޔާވެފައިވާކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އިސްރާއީލުން ވެސްޓް ބޭންކުގައި ކުރިއަށްގެންދާ ހަރަކާތްތައް ވަނީ މިދިޔަ މަހުން ފެށިގެން އިތުރުވާން ފަށާފައެވެ. ޣައްޒާއަށް ދެމުންދާ ހަމަލާތައް މެދުކަނޑާލާފައި ވީނަމަވެސް، ވެސްޓް ބޭންކުގައި އެމީހުންގެ ހަރަކާތްތަކަށް އެއްވެސް މަޑުޖެހުމެއް ނާދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް