ކ. މާލެ
|
27 ނޮވެންބަރ 2023 | ހޯމަ 17:25
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު
ރާއްޖެއެމްވީ
މޭރީ ގްރޭސްގެ މަރުގެ މައްސަލަ
ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި
 
ކޯޓުން އަންގާ ވަގުތުތަކުގައި ހާޒިރުވުމާއި، ރޭގަނޑު 10:00ން ހެނދުނު 06:00ށް ބޭރުގައި އުޅުން މަނާ ކުރުން ހިމެނޭ
 
ދައުލަތުގެ ވަކީލު ވަނީ ދައުލަތުގެ ބައެއް ހެކިން ހާޒިރުކުރުމަށް އަދި އިތުރު ވަގުތު ބޭނުންވާކަމަށް ވިދާޅުވެފައި

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.

އެންމެ ފަހުން 23 ނޮވެމްބަރުގައި މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ ދައުލަތުގެ ބައެއް ހެކިން ހާޒިރުކުރުމަށް އަދި އިތުރު ވަގުތު ބޭނުންވާކަމަށް ވިދާޅުވެފައެވެ. އެގޮތުން 15 ދުވަހުގެ މުއްދަތެއް ދެއްވުމަށް ދައުލަތުން އެދުނެވެ.

އެމީހުން ހާޒިރުކުރެވެން އޮތީ ޚާރިޖީ ވުޒާރައާ ގުޅިގެން، އިންޑިއާގެ އެމްބަސީއަށް ހާޒިރުކޮށްގެން ކަމަށާއި، ވެރިކަން ބަދަލުވުމާއެކު އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ޚާރިޖީ ވުޒާރާގައިވެސް ހުރުމާއި، ބައެއް މަޤާމުތައް ބަދަލުވަމުން ދިއުމާއެކު، އެކަމަށް ދުވަސްތަކެއް ނަގަނީކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ލަމްހާގެ ވަކީލު ވަނީ، ދައުލަތަށް ހެކިން ހާޒިރު ނުކުރެވޭނަމަ، ލަމްހާ ބަންދުން ދޫކޮށްދިނުމަށް އެދިފައެވެ. އެގޮތުން ސަރުކާރެއް ބަދަލުވެފައިވާތީ ކަންކަން ލަސްވަނީކަމަށް ވިދާޅުވުމަކީ ތާކުންތާކުޖެހޭ ސަބަބެއް ނޫންކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އެއަށްފަހު ލަމްހާގެ ބަންދު މުރާޖައާއާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވާއިރު، ލަމްހާގެ ބަންދު މުރާޖައާއާއި ގުޅޭގޮތުން ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރުތުތަކާއެކު ލަމްހާ ބަންދުން ދޫކޮށްލެއްވުމަށް ނިންމަވާފައެވެ. އެއީ 180 ދުވަހުގެ މުއްދަތަކަށެވެ.

އޭގެ ތެރޭގައި މާލެއިން ބޭރަށް ދާކަމުގައިވާނަމަ ކޯޓަށް އެންގުމާއި، ކޯޓުން އަންގާ ވަގުތުތަކުގައި ހާޒިރުވުމާއި، ރޭގަނޑު 10:00ން ހެނދުނު 06:00ށް ބޭރުގައި އުޅުން މަނާ ކުރުން ހިމެނެއެވެ.

ލަމްހާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ މައްޗަށް ވަނީ, އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަައުވާވެސް އުފުލާފައެވެ. އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދަައުވާވެސް އުފުލާފައިވާއިރު، ލަމްހާ ދިރިއުޅޭ ގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، ލަމްހާ ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލްތަކާއި ފަރުވާ ދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި, ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 3 މީހަކު ބަންދުކޮށްފި
އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫން
ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ދޫކޮށްލީ ރަނގަޅަށް ނޫންކަމަށް ހައިކޯޓުން ނިންމައިފި
މާލޭ ކަސްޓޯޑިއަލްއަށް ޑްރަގް ވައްދަން އުޅުނުކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި
އަނަސްގެ މަރުގެ މައްސަލައިގެ ކުށް ސާބިތުނުވި އެންމެންގެ ބައި އިސްތިއުނާފުކޮށްފި
ކޯޓުގައި ނަބީލް ބުނީ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ވީޑިއޯ އާންމުކުރަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށް
ޖިހާދުގެ ކޮރަޕްޝަން މައްސަލަ ކޯޓުގައި އޮއްވައި، ސަރުކާރުން އުފެއްދި މާލީ އިދާރާއެއްގެ ޗެއަރއަކަށް އޭނާ އައްޔަންކޮށްފި
އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި ވީޑިއޯ އާންމުކުރަމުންދިޔަ ނަބީލްގެ ބަންދަށް 15 ދުވަސް