ކ. މާލެ
|
24 ނޮވެންބަރ 2023 | ހުކުރު 22:27
އައިސީއާރުސީ ވޭނެއްގައި ރަހީނުން ގެންދަނީ
އައިސީއާރުސީ ވޭނެއްގައި ރަހީނުން ގެންދަނީ
ރޮއިޓާސް
ރަހީނުން ބަދަލުކުރުން
ރަހީނުން ބަދަލުކުރުމުގެ މަސައްކަތް ފަށައިފި
ޣައްޒާއިން ބޭރަށް 24 ރަހީނުން ވަނީ ގެންގޮސްފައި

ޣައްޒާގައި ރަހީނުން ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިންޓަނޭޝަނަލް ރެޑްކްރޮސް އިން ހުކުރު ދުވަހު ބުނެފައިވަނީ ޣައްޒާގައި ބަންދުކޮށްފައިވާ ރަހީނުންނާއި ފަލަސްތީނުގެ ބަންދު މީހުން ދޫކޮށްލުމަށް މަގުފަހިކޮށްދިނުމުގެ އޮޕަރޭޝަނެއް ހިންގަން ފަށާފައިވާ ކަމަށެވެ.

ތަރުޖަމާނަކު ކަށަވަރުކޮށްދިން ގޮތުގައި ޣައްޒާއިން ބޭރަށް 24 ރަހީނުން ބަދަލުކޮށް ރަފާހު ބޯޑަރު ހުރަސްކޮށް މިސްރުގެ ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފައިވެއެވެ. އޭނާ ވިދާޅުވީ އެމީހުންނާއެކު އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑްކްރޮސް (އައިސީއާރުސީ)ގެ 8 މުވައްޒަފަކު ހަތަރު ކާރެއްގައި އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ. އައިސީއާރުސީން ބުނަނީ މި އޮޕަރޭޝަންގައި ޣައްޒާއަށް ބޭނުންވާ އިތުރު އެހީތައް ފޯރުކޮށްދިނުން ވެސް ހިމެނޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް