ކ. މާލެ
|
24 ނޮވެންބަރ 2023 | ހުކުރު 13:05
ހަނގުރާމަ މެދުކެނޑުމާއެކު ޣައްޒާގެ ރައްޔިތުން ގެތަކަށް ދަނީ
ހަނގުރާމަ މެދުކެނޑުމާއެކު ޣައްޒާގެ ރައްޔިތުން ގެތަކަށް ދަނީ
ޓްވިޓަރ
ފަލަސްތީން-އިސްރާއީލް ހަނގުރާމަ
ޔަހޫދީންގެ ޙަމަލާތައް ހުއްޓާލުމާއެކު ފަލަސްތީނުގެ ރައްޔިތުން އަނބުރާ އެމީހުންގެ ގެތަކަށް
އިސްރާއީލުން ހަމަލާތައް ހުއްޓާލާފައިވަނީ ހަތަރު ދުވަހަށް

އިސްރާއީލުން ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންގެ މައްޗަށް ހިންގަމުންދިޔަ އުދުވާންތައް ވަގުތީ ގޮތުން ހުއްޓާލުމާއެކު، ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ގެތަކާ ދިމާލަށް މިސްރާބު ޖަހަން ފަށައިފި އެވެ.

އިސްރާއީލުން ޙަމަލާތައް ހުއްޓާލައިފައިވަނީ ފަލަސްތީނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ގްރޫޕް، ހަމާސް އިން ރަހީނުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ 50 މީހަކު މިނިވަން ކުރުމުގެ ބަދަލުގައި ކަމަށް އިސްރާއީލުން ބުނެ އެވެ. އެގޮތުން ހަމާސް އިން މިނިވަންކުރާ ކޮންމެ 10 މީހަކަށް ޙަމަލާތައް މެދުކަނޑާލަން އެއްދުވަސް އިތުރު ކުރާނެ ކަމަށް ޔަހޫދީ ދައުލަތުން ވަނީ ބުނެފަ އެވެ.

މި ފަހަރު އިސްރާއީލުން އެއްބަސްވެފައިވަނީ ހަތަރު ދުވަހުގެ މެދުކެނޑުމަކަށެވެ. މި މެދުކެނޑުމުގައި އިސްރާއީލުން ވަނީ ޣައްޒާއަށް އިންސާނީ އެހީގެ އިތުރުން، ތެލާއި ކާބޯތަކެތީ ވެއްދުމުގެ ޙުއްދަ ވެސް ދީފަ އެވެ.

ހަނގުރާމަ މެދުކެނޑުމާއެކު ޣައްޒާގެ ރައްޔިތުން ގެތަކަށް ދަނީ - ޓްވިޓަރ

ވަގުތީގޮތުން ހަނގުރާމަ ހުއްޓުމާއެކު، ޣައްޒާގެ އެކި ސަރަހައްދުތަކުގައި ތިބި ރައްޔިތުން އެމީހުންގެ ގެތަކަށް ދިޔުމުގެ މަސައްކަތް ފަށާފައިވާއިރު، ގާތްގަޑަކަށް އެއް މިލިއަން މީހުންގެ ގެދޮރު ވަނީ މުޅިން ހަލާކުވެފަ އެވެ. އެގޮތުން ފަލަސްތީނުގެ އިދާރާތަކުން ފޯރުކޮށްދޭ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ޣައްޒާގެ 50 އިންސައްތައަށް ވުރެ ގިނަ ގެތަށް ވަނީ ބިމާ ހަމަވެފަ އެވެ.

އިސްރާއީލުން ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލައިފައިވާއިރު، އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގެ 14،800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްފަ އެވެ. އަދި ހަމާސްގެ މުޖާހިދުން އިސްރާއީލަށް ދިން ހަމަލާތަކުގައި މަރުވެފައިވަނީ 1،200 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް