ކ. މާލެ
|
24 ނޮވެންބަރ 2023 | ހުކުރު 11:45
އާޖެންޓީނާގެ އެންހެލް ޑި މާރިއާ
އާޖެންޓީނާގެ އެންހެލް ޑި މާރިއާ
ޓްވީޓަރ
ޑިމާރިއާ
ކޮޕާ އެމެރިކާ އަށް ފަހު ޑިމާރިއާ ގައުމީ ޖާޒީ ބާލަނީ
އޭނާ ވަނީ ގައުމީ ޓީމަށް 136 މެޗު ކުޅެދީފައި

އަންނަ އަހަރު އޮންނަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އާޖެންޓީނާގެ މިޑްފީލްޑަރު އެންހެލް ޑިމާރިއާ ނިންމައިފި އެވެ.

އުމުރުން މިހާރު 35 އަހަރުގެ ކުޅުންތެރިޔާ އަކީ މިދިޔަ އަހަރުގެ ވޯލްޑްކަޕް އާޖެންޓީނާ އަށް ހޯދައިދޭން ފައިނަލްގައި ގޯލު ޖެހި އެއް ކުޅުންތެރިޔާ އެވެ. އަދި 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އާޖެންޓީނާ ކާމިޔާބު ކުރީ ވެސް ފައިނަލްގައި ބްރެޒިލް ކޮޅަށް އޭނާ ޖެހި ގޯލުންނެވެ. މިހާތަނަށް އޭނާ ވަނީ ގައުމީ ޓީމަށް 136 މެޗު ކުޅެދީފަ އެވެ.

ކޮޕާ އެމެރިކާ ވާނީ އަހަރެން ގައުމީ ޖާޒީ ލާނެ ފަހު މުބާރާތަށް. އަހަރެން އަލްވަދާއު ކިޔަން މިއުޅެނީ އަހަރެންގެ ހަޔާތުގައި ކުރިމަތިވި އެންމެ އުފާވެރި ކަމަށް. ފުޓްބޯޅައިން އަހަންނަށް ލިބުނު އުފާވެރިކަމާއި ސަޕޯޓަރުން ދިން ތަރުހީބާއި އަހަރެންގެ ފުރާނަފަދައިން އަހަރެން އެ ކުޅިވަރަކަށް ވި ގުރުބާނީ ބަޔާން ކުރަން ދަތި
ޑިމާރިއާ

ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ކުލަބު ފުޓްބޯޅަ ހުއްޓާލުމާމެދު އޭނާ ވަކިއެއްޗެއް ނުބުނެ އެވެ. ޕޯޗުގަލްގެ ބެންފީކާ އަށް ކުޅެމުން އަންނަ ޑިމާރިއާ ވަނީ ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޕީއެސްޖީ އާއި އިޓަލީގެ ޔުވެންޓަސް އަށް ވެސް ކުޅެދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް