ކ. މާލެ
|
23 ނޮވެންބަރ 2023 | ބުރާސްފަތި 21:18
އުރީދޫގެ ޑްރޯން ރޭސް
އުރީދޫގެ ޑްރޯން ރޭސް
އުރީދޫ
އުރީދޫ ޑްރޯން ރޭސް
ރާއްޖޭގެ އެންމެ ފުރަތަމަ ޑްރޯން ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
 
މި ރޭސް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު، ސެންޓްރަލް ޕާކުގައި
 
މި ރޭހުގައި މި އަންނަ ޑިސެމްބަރު މަހުގެ 10ގެ ކުރިން ބައިވެރިވެވޭނެ

އުރީދޫ މޯލްޑިވްސްއިން ބާއްވާ ރާއްޖޭގެ އެންމެ ފުރަތަމަ ޑްރޯން ރޭސްކަމަށްވާ "އުރީދޫ ޑްރޯން ރޭސް" 2023އަށް ރަޖިސްޓްރީވުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

އަންނަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް،އުރީދޫގެ ވެބްސައިޓްމެދުވެރިކޮށް މިހާރު ބައިވެރިވެވޭނެއެވެ.

މި ހަރަކާތުގެ މައުލޫމާތުދެމުން އުރީދޫން ބުނިގޮތުގައި، މި ހަރަކާތް ބެހިފައިވަނީ ޖުމްލަ ދެ ކެޓަގަރީއަކަށެވެ. އެއީ "ސްކައި އެލީޓް" (އެފްޕީވީ ޑްރޯން)އާއި ނޮން-އެފްޕީވީ ޑްރޯންތަކަށް ޚާއްސަކޮށްފައިވާ "ސްކައި ވޯކަރ" ކެޓަގަރީއެވެ.

Advertisement

އެގޮތުން ސްކައި އެލީޓް ކެޓެގަރީގައި 16 އަހަރުން މަތީގެ ޑްރޯން ދުއްވާ ފަރާތްތަކަށް ބައިވެރިވެވޭއިރު، ސްކައި ވޯކަރ ކެޓްގަރީގައި ބައިވެރިވެވެނީ 12 އަހަރުން މަތީގެ ފަރާތްތަކަށެވެ.

ދެ ކެޓެގަރީގައިވެސް އޮބްސްޓެކަލްސް ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ ޓްރެކުގައި ރޭސްކުރާއިރު ބަލަންވާނީ ވީހާވެސް އަވަހަކަށް ރޭސް ފުރިހަމަ ކުރުމަށް ކަމަށް އުރީދޫން ބުނެއެވެ. އަދި ކޮންމެ ބައިވެރިއަކަށް ކޮންމެވެސް އެއް ކެޓެގަރީއެއްގައި ރަޖިސްޓްރީ ކުރެވޭނެއެވެ.

ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ:

  • މި ކެޓެގަރީގައި ބައިވެރިވެވޭނީ 22 ޑިސެމްބަރު 2023 ވާއިރު 16 އަހަރު ފުރިފަވާ އަދި 16 އަހަރުން މަތީގެ އެފްޕީވީ ޑްރޯން ޕައިލެޓުންނަށް
  • މި ކެޓަގަރީގައި ބައިވެރިވާ ބޭފުޅުން ރޭހުގައި ބައިވެރިވާންވާނީ އަމިއްލަ އެފްޕީވީ ޑްރޯނާއެކު
  • އެއަރކްރާފްޓް ސްޕެސިފިކޭޝަންސް: 30 ސެންޓިމީޓަރަށްވުރެ ބޮޑު ނޫން، އުދުހޭ ބަރުދަން 800 ގްރާމަށްވުރެ ދަށުގެ ޑްރޯނަކަށް ވާންޖެހޭނެ.
  • ޑްރޯންގެ ގޮގްލްސްގައި އެޗްޑީ ވީޑިއޯ އުފެއްދުމުގެ ގާބިލުކަން ހުންނަންވާނެ.

ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ:

  • މި ކެޓެގަރީގަ ބައިވެރިވެވޭނީ 22 ޑިސެމްބަރު 2023 ވާއިރު 12 އަހަރު ފުރިފަވާ އަދި 12 އަހަރުން މަތީގެ ނޮން-އެފްޕީވީ ޑްރޯން ޕައިލެޓުންނަށް.
  • މި ކެޓެގަރީގެ ބައިވެރިންނަށް ސްޓެބިސިސްގެ ފަރާތުން ރޭހުގަ ބޭނުންކުރުމަށް ޑީޖޭއައި ޑްރޯން ފޯރުކޮށްދޭނެ. އަމިއްލަ ޑްރޯން މި ކެޓެގަރީ ގެ ބައިވެރިންނަށް ރޭހުގައި ބޭނުން ކުރުން ހުއްދައެއް ނޫން.
  • ރޭހުގެ ކުރިން މި ކެޓެގަރީއަށް ރެޖިސްޓަރކުރާ ފަރާތްތަކުން ޕްރީ ކޮލިފިކޭޝަން ރައުންޑުގައި ބައިވެރިވެ ރޭހަށް ކޮލިފައިވާންޖެހޭ. ޕްރީ ކޮލިފިކޭޝަން ރައުންޑް އޮންނަ ތާރީޚާ ގަޑި، ރެޖިސްޓަރކުރާ ފަރާތްތަކަށް ރެޖިސްޓްރޭޝަން މަރުހަލާ ނިމުމުން މުއާމަލާތްކުރާނެ.

އުރީދޫ ޑްރޯން ރޭހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ސްކައި ވޯކަރ އަދި ސްކައި އެލީޓް ކެޓެގަރީގައި ވާދަކޮށް 1ވަނަ 2ވަނަ އަދި 3ވަނައަށް ދާ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއްވެސް ވަނީ ހަމަޖެހިފައެވެ. އެއީ:

ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ:

  • 1 ވަނަ އިނާމު: ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) އެއް
  • 2 ވަނަ އިނާމު: 5ޖީ އެއަރފައިބަރ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (1536 ޖީބީ)
  • 3 ވަނަ އިނާމު: 2000 ރުފިޔާގެ މޫލީ ވައުޗަރު

ސްކައި ވޯކަރ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ:

  • 1 ވަނަ އިނާމު: ޑީޖޭއައި މިނީ 2 އެސްއީ އެއް
  • 2 ވަނަ އިނާމު: 5ޖީ އެއަރފައިބަރ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (750ޖީބީ)
  • 3 ވަނަ އިނާމު: 1000 ރުފިޔާގެ މޫލީ ވައުޗަރު

މި ރޭހުގައި މި އަންނަ ޑިސެމްބަރު މަހުގެ 10ގެ ކުރިން ބައިވެރިވެވޭނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް