އަންނަ އަހަރު އޮންނަ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ އޮޓޮމެޓިކް ޖާގަ ހޯދި ފަހު ގައުމުގެ ގޮތުގައި ކްރޮއޭޝިޔާ މުބާރާތަށް ކޮލިފައިވެއްޖެއެވެ.
ކްރޮއޭޝިޔާ މުބާރާތަށް ކޮލިފައިވީ އާރުމޭނިއާ ބަލިކޮށް, ގްރޫޕް ޑީގެ ދެވަނަ ޔަޤީންކޮށްގެންނެވެ. ކްރޮއޭޝިޔާ އަށް ދެވަނަ ލިބެނީ އަށް މެޗުން އަށް މެޗުން 16 ޕޮއިންޓާ އެކުއެވެ. މި ގްރޫޕުން ތިންވަނަ އަށް ދިޔަ ވޭލްސް އަށް ޖެހޭނީ މާރޗް މަހު ޕްލޭއޮފް ސެމީ ފައިނަލެއް ކުޅޭށެވެ. ވޭލްސް ފަހު މެޗުގައި ތުރުކީއާ ވާދަކޮށް 1-1 ން ވީ އެއްވަރެވެ. މިގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކޮލިފައިވީ 17 ޕޮއިންޓާއެކު ތުރުކީ އެވެ.
ކްރޮއޭޝިޔާ އަންނަނީ 2004 ން ފެށިގެން ޔޫރޯ އަށް ކޮލިފައިވަމުންނެވެ. 2010 ވަނަ އަހަރުން ފެށިގެން ބޮޑަތި ހުރިހާ މުބާރާތްތަކަށް ކޮލިފައިވެއެވެ. އަންނަ އަހަރު އޮންނަ ޖަރުމަނުގައި އޮންނަ މުބާރާތުގެ ޖާގަ ޔަޤީން ކުރީ 1-0 ން އަރުމޭނިޔާ ބަލިކޮށްގެންނެވެ. މުހިއްމު ލަނޑު ޖެހީ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް, އަންޓެ ބުޑިމީރު އެވެ.