ކ. މާލެ
|
21 ނޮވެންބަރ 2023 | އަންގާރަ 05:28
ހަކަތަރި ލޭބަލް ޖަހާފައިވާ ހިޓާޗީ ފްރިޖެއް
ހަކަތަރި ލޭބަލް ޖަހާފައިވާ ހިޓާޗީ ފްރިޖެއް
އެސްޓީއޯ
އެސްޓީއޯ
ހިޓާޗީ ފްރިޖު ވެސް "ހަކަތަރި" ލޭބަލަށް
 
އެސްޓީއޯއަކީ ހަކަތަ ސަމަކާރަ ލޭބަލް ޖަހަން ފެށި ފުރަތަމަ ކުންފުނި
 
އެސްޓީއޯއިން ވަނީ ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހައިފައި
 
މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅައި، އެންވަޔަރަމަންޓް މިނިސްޓްރީން ފެށި މަސައްކަތެއް

ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ މިންވަރު އަންގައިދޭ ދިވެހި ލޭބަލް "ހަކަތަރި" ލޭބަލް އެސްޓީއޯއިން ވިއްކާ ހިޓާޗީ ފްރިޖްތަކުގައިވެސް ޖަހަން ފަށައިފިއެވެ.

މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅައި، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ.

އެސްޓީއޯއިން މިހާރުވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާފައެވެ. މި މޮޑެލްތަކުގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނޭ ކަމަަށް އެސްޓީއޯއިން ބުންޏެވެ.

ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކޮށްފައެވެ. އެގޮތުން، ލޭބަލްގައި ޖަހާފައިވާ ނަންބަރު 1 އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ. އަދި ލޭބަލްގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަމެވެ.

އެސްޓީއޯއަކީ ހަކަތަ ސަމަކާރަ ލޭބަލް ޖަހަން ފެށި ފުރަތަމަ ކުންފުންޏެވެ. މިދިޔަ އަހަރުގެ މެއި މަހު އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ 6 މޮޑެލްއެއްގެ އޭސީގައި، ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ދިވެހިން ލިޔެފައިވާ ލޭބަލް ޖަހާފައެވެ.

އެސްޓީއޯއިން ލޭބަލް ޖެހި އޭސީގެ ތެރޭގައި އާއްމު އޭސީތަކަށްވުރެ 42 އިންސައްތަ ކަރަންޓް މަދުން ކަރަންޓު ބޭނުންކުރާ އެއާ ކޮންޑިޝަންތައް ހިމެނެއެވެ.

ހަކަތަ ސަމަކާރަ ޕްރޮގްރާމްގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގައި ކަރަންޓު ޚަރަދު ކުޑަ ވަސީލަތްތައް ބޭނުންކުރުމަށް އަހުލުވެރި ކުރުމާއި ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް އަށަގެންނެވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް