ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 16:32
ހުޅަނގު އައްސޭރީގައި ދެމުންދާ ހަމަލާތައްވެސް އިސްރާއީލުގެ ނިރުބަވެރިން ވަނީ ވަރުގަދަކޮށްފައި
ހުޅަނގު އައްސޭރީގައި ދެމުންދާ ހަމަލާތައްވެސް އިސްރާއީލުގެ ނިރުބަވެރިން ވަނީ ވަރުގަދަކޮށްފައި
ރޮއިޓާސް
ފަލަސްތީނު ޒުވާނަކަށް ބަޑިން ހަމަލާދިނުން
ޚަލީލު ސަހަރުގައި އިސްރާއީލުގެ ނިރުބަވެރިން ބަޑިޖަހައި ޒަޚަމްކޮށްލި ފަލަސްތީނުގެ ޒުވާނަކު ފަރުވާ ނުލިބި އޮވެ މަރުވެއްޖެ
 
ހުޅަނގު އައްސޭރިގައި ދިރިއުޅޭ ފަލަސްތީނުގެ ޒުވާނުންނަށް ދެމުންދާ ހަމަލާތައް އިސްރާއީލުން ދެނީ ދުރާލައި ރާވައިގެން

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ޒުވާނަކަށް، އިސްރާއީލު ސިފައިން ބަޑިޖަހައި ޒަޚަމް ކޮށްލުމަށްފަހު ބަންދުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭނާ މަރުވެއްޖެއެވެ.

އިސްރާއީލު ސިފައިން ވަނީ ޚަލީލު ސަހަރުގެ އުތުރުގައި ހުންނަ އަލްއަރަރޫބް ކޭމްޕަށްވެސް ވަދެ، ހަމަނުޖެހުންތަކެއް ހިންގާފައެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ނެރުނު ކުރު ބަޔާނެއްގައި ވަނީ، ޚަލީލު ސަހަރުގައި އިސްރާއީލްގެ ނިރުބަވެރިން ހިންގި ބަޑިޖެހުމުގެ ހާދިސާއެއްގައި ޒަޚަމްވި ޒުވާނަކަށް ފަރުވާދިނުމަށް މަސައްކަތް ކުރުމުން އެކަމަށް ހުރަސްއަޅާފައިވާ ކަމަށެވެ.  

މަންޒަރު ދުށް މީހުންނާ ހަވާލާދީ ވަފާ ނިއުސްއިން ބުނީ، އިސްރާއީލު ސިފައިން ކޭމްޕް ކައިރީގައި އޮތް ވެހިކަލަކަށް ބަޑީގެ ހަމަލާދީ ފަލަސްތީނުގެ ޒުވާނަކު ޒަޚަމްކޮށްލި ކަމަށެވެ. އަދި އިތުރު މީހަކު ހިފަހައްޓާފައި ވާކަމަށްވެސް އެނޫހުން ރިޕޯޓްކޮށްފައިވެއެވެ.  

އިސްރާއީލު ސިފައިން، އެ މީހާގެ ހަށިގަނޑާއެކު އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

އިސްރާއީލު ސިފައިން ވަނީ ހުޅަނގު އައްސޭރީގެ އެހެން ބައެއް އަވަށްތަކަށްވެސް ރޭ ފަތިހުގެ ވަގުތެއްގައި ވަދެފައެވެ. އޭގެތެރޭގައި ރާމަﷲ، ތޫލްކަރްމް އަދި އަރީހާ ހިމެނެއެވެ.

މީގެ އިތުރުން އަލްފަރަހް ކޭމްޕުގައިވެސް އިސްރާއީލުގެ ނިރުބަވެރިން ހަމަނުޖެހުންތަކެއް ހިންގާފައިވާއިރު، ރާމަﷲގައި ހުންނަ ޔުނިވަރސިޓީއެއްގެ އަންހެން ދަރިވަރަކު ހައްޔަރުކޮށްފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 400އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އިސްރާއީލުން ވަނީ އެގައުމުގެ އަސްކަރީ ބާރުތައް ވަރަށް ބޮޑަށް އިތުރުކޮށް، ހިފާފައިވާ ސަރަހައްދުގައި އަސްކަރީ ހަމަލާތައް ވަރުގަދަކޮށްފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލު ސިފައިން ވަނީ ހުޅަނގު އައްސޭރިން 2700 މީހުން ހައްޔަރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް